Monday, 7 September 2026
Ads by

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ

ދިވެހިރާއްޖޭގެ މުވާސަލާތީ މައި ކުންފުނި ދިރާގުގެ ސަރުކާރު ހިއްސާ 51 އިންސައްތައަށް ބޮޑުކުރުމަށާއި، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ ހިއްސާތައް އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކެބިނެޓުން މިހާރު މި ދެ ނިންމުން ނިންމައި އެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް އަގުހުރި ކުންފުންޏެއް ކަމަށާއި، ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކާލާފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހެވާއި ލާބައަށާއި އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމަށްޓަކައި ދިރާގުގެ 51 އިންސައްތަ ހިއްސާ (މެޖޯރިޓީ ކޮންޓްރޯލް) ސަރުކާރަށް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް އަނބުރާ ހޯދުމަށް ކުރަންޖެހޭ އިދާރީ، ޤާނޫނީ އަދި މާލީ އެންމެހައި މަސައްކަތްތައް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށެވެ.

ދިރާގުގެ އިތުރުން އެމްޑަބްލިޔުއެސްސީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައިވާ އެމްޑަބްލިޔުއެސްސީގެ 20 އިންސައްތަ ހިއްސާ އަނބުރާ ގަތުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު އެމްޑަބްލިޔުއެސްސީ ވެގެންދާނީ ސައްތައިން ސައްތަ (100 ޕަސެންޓް) ސަރުކާރު ހިއްސާވާ ކުންފުންޏަކަށެވެ.

މި ނިންމުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ނިންމެވި ވަރަށް މުހިންމު ނިންމުމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ މި ދެ މަސައްކަތްވެސް ވަރަށް އޮމާންކަމާއެކު ކާމިޔާބުކަމާއެކީ ނިންމާލެވޭނެ ކަމަށެވެ.

އަދި މި ކަންކަމާ ގުޅޭ އިތުރު ތަފުސީލުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ފިނޭންސް މިނިސްޓަރާއި ކަމާގުޅޭ އެހެނިހެން ވަޒީރުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9920
60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަނީ
C7E5040B-C92B-433B-B769-E19DA2B377F5
އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ
20260907_092501
ހޮރްމޫޒް ކަނޑުއޮޅި 'އެއްކޮށް ބަންދުކޮށް' އާ މިސައިލެއް އެމެރިކާގެ މަނަވަރަކަށް ޓެސްޓްކޮށްފިކަމަށް އީރާނުން ބުނެފި
Yaameen
3 މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކި ވާހަކަތައް ބަލަން ފުލުހުންނަށް ހުށަހަޅައިފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!