Monday, 7 September 2026
Ads by

3 މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކި ވާހަކަތައް ބަލަން ފުލުހުންނަށް ހުށަހަޅައިފި

3 މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކި ވާހަކަތައް ބަލަން ފުލުހުންނަށް ހުށަހަޅައިފި

ކުރީގެ ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ--- ފޮޓޯ: ތޭރަ އޮންލައިން

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެ މައްސަލަ ބަލައި ތަހުގީގުކުރުމަށް ފުލުހުންނަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިޙުސާން މި މޭރުމުން ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޓައުން ހޯލް ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިސް ބޭފުޅަކު ގަސްތުގައި ހިންގި ޖަރީމާއެއް ކަމަށާއި، އެކަމާ ގުޅުންހުރި ހެކިތައް ފުލުހުންގެ އަތުގައި އެބަހުރި ކަމަށެވެ. އަދި އެ ތިން މިނިސްޓްރީ އަންދާލުމުގެ ބޭނުމަކީ މުހިއްމު ހެކިތަކެއް ނައްތައިލުން ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

”ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ގްރީން ބިލްޑިންގގައި ރޯކޮށްލީ ކާކުކަން. އަދި އެއީ ރައީސް މުޢިއްޒާ ކިހާ ވަރެއްގެ ގާތް ގުޅުމެއް އޮތް ފަރާތެއްކަން ވެސް އެނގޭނެ. އެ މައުލޫމާތު ފުލުހުންގެ އަތުގައި އެބައޮތް. ނަމަވެސް، އެ ފަރާތްތަކުން ބޭނުމެއް ނުވޭ ފިޔަވަޅު އަޅާކަށް،“ – ޔާމީން ވިދާޅުވިއެވެ.

ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ހޯމް މިނިސްޓަރު ޢަލީ އިޙުސާން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ފުލުހުންނާއި އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށްފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށާއި އެއްވެސް މީހަކަށް މި މައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި، އެކަން ކުރި މީހާ ވެސް ފުލުހުންނަށް އެނގޭނެ ކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާތީ މި މައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއް ހުރިނަމަ އެކަން ބެއްލެވުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް އިޙުސާން ވިދާޅުވިއެވެ. އަދިހަމައެހެންމެ، ފުލުހުންގެ މައްޗަށް ޔާމީން ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އިޙުސާން ވަނީ ވިދާޅުވެފައެވެ.

މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހައުސިންގ މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތަނުގައި ހުރި ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތަކާއި ސާވަރތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް ހަލާކުވެފައެވެ. މި ހާދިސާއަށް ފަހު، އެ މިނިސްޓްރީތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރެވި، ހައުސިންގ މިނިސްޓްރީގެ ހުރިހާ މަސައްކަތްތަކެއް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް މިހާރު ވަނީ ބަދަލުކުރެވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9920
60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަނީ
C7E5040B-C92B-433B-B769-E19DA2B377F5
އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ
20260907_092501
ހޮރްމޫޒް ކަނޑުއޮޅި 'އެއްކޮށް ބަންދުކޮށް' އާ މިސައިލެއް އެމެރިކާގެ މަނަވަރަކަށް ޓެސްޓްކޮށްފިކަމަށް އީރާނުން ބުނެފި
Yaameen
3 މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކި ވާހަކަތައް ބަލަން ފުލުހުންނަށް ހުށަހަޅައިފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!