Thursday, 8 October 2026
Ads by

އެމެރިކާގެ މަނަވަރުތަކަށް އީރާނުން މިސައިލް ޙަމަލާ ދިނުމުން، އެމެރިކާއިން އީރާނުގެ 3 ތެޔޮ މަނަވަރަކަށް ޙަމަލާދީ ހަލާކުކޮށްލައިފި

އެމެރިކާގެ މަނަވަރުތަކަށް އީރާނުން މިސައިލް ޙަމަލާ ދިނުމުން، އެމެރިކާއިން އީރާނުގެ 3 ތެޔޮ މަނަވަރަކަށް ޙަމަލާދީ ހަލާކުކޮށްލައިފި

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުންހުރި ތެޔޮ އުފުލާ ތިން އުޅަނދެއް ހަލާކުކޮށްލުމަށް ދިން ޙަމަލާތަކެއްގެ މަންޒަރު ކަމަށް ބުނެ ސެންޓްކޮމް އިން އާންމު ކުރި ފުޓޭޖުގެ ސްކްރީން ގްރެބެއް، 2026 ސެޕްޓެމްބަރު 5. (ސެންޓްކޮމް/އެކްސް)

އެމެރިކާގެ އަސްކަރީ މަނަވަރުތަކަކަށް އީރާނުގެ އައި.އާރު.ޖީ.ސީ އިން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ ސެންޓްކޮމްއިން އީރާނުގެ 3 ތެޔޮ މަނަވަރަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގައި ޚާރގް އައިލެންޑް އަދި ޖާސްކް ކައިރިން ދަތުރުކުރި ދެ މަނަވަރެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާއިރު، ގަލްފް އޮފް އޮމާންގައި އޮތް ހުސް މަނަވަރެއް ވަނީ އެއްކޮށް ހާލާކުކޮށްލާފައެވެ.

Ad Image
Ads by

ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ ބުނީ، އެމެރިކާގެ ދެ މަނަވަރަށް ޙަމަލާދީފިނަމަ، އޭގެ ބަދަލުގައި އީރާނުގެ ތިން މަނަވަރު ހަލާކުކޮށް، އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމެއް ދޭނެ ކަމަށެވެ. އީރާނުން ވަނީ މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެ، ޙަމަލާތައް ދިނުން ހުއްޓާނުލައިފިނަމަ މިއަށްވުރެ ވަރުގަދަ ރައްދު ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރުދީފައެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އީރާނުން އެމެރިކާގެ މަނަވަރުތަކަށް ޙަމަލާދޭނަމަ، އީރާނުގެ ތެޔޮ ފްލީޓް އެކީ ނައްތާލާނެކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ ޚާރިޖިއްޔާއިން ވަނީ އާންމު ވިޔަފާރި ބޯޓުތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުކަމެއް ކަމަށް ބުނެ، އެމެރިކާގެ ބޭސްތަކަށް ދޭ ޙަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Yamin 565
ޔާމީން ވެރިކަމަށް ކުރިމަތިލިޔަނުދޭން ސަރުކާރުން އުޅޭކަމަށް ތުހުމަތުކޮށްފި
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ