އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ ސީއީއޯ އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މުލީއާގޭގައެވެ. މި ބައްދަލު ކުރެއްވުމުގައި އެ 2 ބޭފުޅުން ވަނީ، އިގުތިސާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އުމްރާނީ ތަރައްގީގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުވުން ނިންމަވާލައްވަމުން 2 ބޭފުޅުން ވެސް ވަނީ، ރާއްޖެއާއި އައިޓީއެފްސީ އާ ދެމެދު އޮތް ޒަމާންވީ އަދި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
އައިޓީއެފްސީގެ ސީއީއޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހިންމު އެއްބަސްވުމެއްގައި ރާއްޖެއާއެކު ސޮއިކުރަން ވެސް ވަނީ ހަމަޖެހިފައެވެ.













