Saturday, 24 October 2026
Ads by

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި

ހައި ކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު---

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.

Ad Image
Ads by

ފަނޑިޔާރު މާހިރު މަގާމުން ރިޓަޔާވެވަޑައިގަތުމަށް އެދިވަޑައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

ހައިކޯޓުން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔާ ކުރެއްވިކަން ރަސްމީކޮށް އިއުލާނު ކުރައްވާފައިވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށާއި ހައިކޯޓަށް ފަނޑިޔާރު މާހިރު ކޮށްދެއްވާފައިވާ އަގުހުރި އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރައްވައި، ހައިކޯޓުގެ ފަރާތުން ވަނީ ފަނޑިޔާރަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.

ފަނޑިޔާރު މާހިރު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 25 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ދަށު ކޯޓުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ފަނޑިޔާރުކަން ކުރައްވައިފައެވެ. އެގޮތުން، އެންމެ ފުރަތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ވަޑައިގަތީ 9 ނޮވެމްބަރު 2005 ވަނަ ދުވަހު މަދަނީ ކޯޓުގެ ގާޒީއެއްގެ ގޮތުގައެވެ. އޭގެފަހުން 23 މޭ 2010 ގައި ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެވަޑައިގެންނެވި އިރު، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވައިފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެކެވެ. ހައިކޯޓުގެ އިސް ފަނޑިޔާރަކަށް މިހާރު ހުންނެވީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ.

މީގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑިޔާރު ދީބަނާޒް ފަހުމީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު އަބްދުލްމާނިއު ހުސައިން، ފަނޑިޔާރު އިސްމާއިލް ޝަފީއު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި