Wednesday, 9 September 2026
Ads by

ސަރުކާރުގެ ހަރަދުތައް ކުޑަކުރުން: މިހާތަނަށް 205 ސިޔާސީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ސަރުކާރުގެ ހަރަދުތައް ކުޑަކުރުން: މިހާތަނަށް 205 ސިޔާސީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 205 ސިޔާސީ މުވައްޒަފުން މަގާމުތަކުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ބަސްދީގަތުމެއްގައި މުންދު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، މިހާތަނަށް 4 މަގާމެއްގައި ތިބި 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން މަގާމުތަކުން ވަކިކޮށްފައިވާ ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

މުންދު ވިދާޅުވީ، ސިޔާސީ އެކި މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް އެއްކޮށް އަދި ނުނިމޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ބޮޑުތަނުން ސަލާމަތްކުރެވިގެންދާނެ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.

”މިހާތަނަށް މި މަސައްކަތުގެ ތެރެއިން 205 މުވައްޒަފަކު ވަކިކޮށްފައިމިވަނީ. އޭގެތެރޭގައި ސްޓޭޓް މިނިސްޓަރ، ޑެޕިއުޓީ މިނިސްޓަރ، ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އަދި ޕޮލިޓިކަލް ޑައިރެކްޓަރގެ މަޤާމުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން 205 މުވައްޒަފުން ވަކިކުރެވިއްޖެ. އަދި ނުނިމޭ މަސައްކަތެއް. އެހެންވީމަ ކުރިއަށް އޮތްތަނުގައި މި އަދަދަށް ބަދަލުތަކެއް އަތުވެދާނެ.“ – މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، މި މަސައްކަތް އެއްކޮށް ނިމޭއިރު، މި ސަރުކާރުން ވަޒީފާތަކަށް ނެގި މުވައްޒަފުންގެ އަދަދަށްވުރެ ބޮޑު އަދަދެއް އުނިވެގެން ދާނެ ކަމަށެވެ. އެގޮތުން މި މަސައްކަތް ނިމޭއިރު 7،000 އާއި 8،000 އާއި ދެމެދުގެ މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށް މުންދު ވިދާޅުވިއެވެ.

ރައިޓް ސައިޒްކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ހަރުދަނާ ފިޔަވަޅުތައް ގިނަ ބަޔަކު ބަލައިގަންނަކަން ފާހަގަކޮށްލަންޖެހެއެވެ. ސަބަބަކީ ވަޒީފާ ގެއްލޭ ފަރާތްތަކަށް ވެސް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭތީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު