Saturday, 24 October 2026
Ads by

77،000 މެންބަރުންނާއެކު ތާރީހުގައި ވެސް އެންމެ ގިނަ މީހުން ސޮއިކުރި ޕާޓީއަކީ ޕީއެންސީ: ފަލާޙު

77،000 މެންބަރުންނާއެކު ތާރީހުގައި ވެސް އެންމެ ގިނަ މީހުން ސޮއިކުރި ޕާޓީއަކީ ޕީއެންސީ: ފަލާޙު

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު---

ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެ ޕާޓީއަކަށް އެންމެ ގިނަ މީހުން ސޮއިކުރި ޕާޓީއަކީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، މިހާތަނަށް އެއްވެސް ޕާޓީއަކަށް މީހުން ސޮއި ނުކުރާ މިންވަރަށް، ޕީއެންސީއަށް ސޮއިކޮށް އެ ޕާޓީއާ ގުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެ ޕާޓީއަށް 77،000 އަށްވުރެ ގިނަ މީހުން މިހާރު ގުޅިފައިވާ ކަމަށް ވެސް ފަލާޙު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ހޯދާފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފަލާޙު ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުޑަ ސިޓިންގރޫމެއްގައި ވިއްސަކަށް މީހުން ގޮވައިގެން ކޮންމެ ރެއަކު ޖަލްސާ ބޭއްވުމަކީ އުނދަގޫ ކަމަކަށް ނުވިނަމަވެސް ޕީއެންސީ ފަދަ އެތައް ހާސް އާންމު މެންބަރުން ތިބި ބޮޑު ޕާޓީއަކުން ސިޔާސީ ހަރަކާތްތައް ރާވައި ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. އެގޮތުން އެކަމަށް ބޭނުންވާ ވަގުތާއި، ތައްޔާރީތައް ވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަލާޙު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމް ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ފުރިހަމަ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ޔާމީން ކަމަށާއި ސަބަބަކީ އެކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކީ އަދި އެކަމުގެ މޭސްތިރިއަކީ ޔާމީން ކަމަށްވީތީ ކަމަށް ފަލާޙު ވިދާޅުވިއެވެ. ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކޮރަޕްޝަން ހިންގީ ޔާމީންގެ ވެރިކަމުގައި ކަމަށާއި ވެރިކަން ނިމުނުއިރު ގައުމުގައި އެތަކެއް މައްސަލަތަކެއް އުފެދިފައިވާ ކަމަށް ފަލާޙު ވިދާޅުވިއެވެ. އެގޮތުން މަގުމައްޗަށް ނުކުންނަށް ބިރުގަންނަ މިންވަރަށް މަގުތަކުގެ އަމާންކަން ގެއްލުމުގެ އިތުރުން ސިޔާސީ ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

”ރައީސް ޔާމީންގެ ވެރިކަމަކީ ދިވެހިރާއްޖޭގެ ތާރީހުގައި، އެންމެ ގިނަ ކޮރަޕްޝަންގެ އަމަލުތައް ހިންގި ސަރުކާރު. އެ ހުރިހާ ކޮރަޕްޝަންގެ އަމަލެއްގެ މޭސްތިރިއަކީ ރައީސް ޔާމީން. އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންނެވި ތިމަންނަގެ ގެޔަށް ކޮންމެ ރެޔަކު ވައްދާ ލާރި ފޮށިފޮށި މިއީ ހަލާލު ފައިސާއެއް ނޫނޭ. ދުވަސްކޮޅެއްފަހުން ނޫސްވެރިއަކު ސުވާލުކޮށްލީމަ ވިދާޅުވީ، ނޯންނާނޭ ތިވާހަކަ ދަންނަވައިފައެއް. އެހެންމަ ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ.“ – ފަލާޙު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ސިޔާސީ ލީޑަރުން ދޫކޮށްލެއްވުމަށް ޔާމީންގެ އަރިހުން އެތައް ފަހަރެއްގެ މަތިން އާދޭސް ދެންނެވި ނަމަވެސް އެމަނިކުފާނު އެކަމާ ދެކޮޅު ހެއްދެވި ކަމަށް ފަލާޙު ވިދާޅުވިއެވެ. އަދި އެންޓިޑިފެކްޝަން ގާނޫނެއް ވުޖޫދަށް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މެންބަރުކަން ގެއްލުވާލާ މެންބަރުން ތަޅުއެޅުވީ ޔާމީންގެ ވެރިކަމުގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަކިކަމެއް ވަކިގޮތަކަށް ކުރެއްވުމަށް މަޖިލިސް މެންބަރުންނަށް އަމުރު ނުކުރައްވާ ކަމަށް ފަލާޙު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 20 ވަނަ މަޖިލިސް ހަލާކުކުރަން ޔާމީން ހިމެނޭހެން އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް ޕީއެންސީ މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ގަދަކޮށް ކަމަށެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ފަލާޙު ވިދާޅުވީ، ރައީސް މުޢިއްޒު ކިޔަވާ ވިދާޅުވާ ސިޔާސީ ފޮތުން، ކުރީގެ 2 ރައީސުން ކަމަށްވާ ނަޝީދާއި، ޔާމީން ކިޔަވާ ވިދާޅުވާން ޖެހިވަޑައިގަންނަވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި