އީރާނާއެކު ހޮރްމޫޒް ކަނޑުއޮޅީގައި ދުވަހުން ދުވަހަށް އަސްކަރީ ކުރިމަތިލުންތަކާއި ވައިގެ ޙަމަލާތައް ބަދަލުކުރެވެމުންދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ބޮޑު ހަނގުރާމައެއް ނޫންކަމަށް ބުނެ، މައްސަލައިގެ ނުރައްކާތެރިކަން ކުޑަކޮށްދެއްކެވުމަށް ވާހަކަ ދައްކާފައެވެ. ޓްރަމްޕްގެ ނައިބު ރައީސް ޖޭ.ޑީ ވެންސް، މިއީ ”ހަނގުރާމައެއް“ ނޫންކަމަށް ބުނެފައިވާ ބުނުމަށް ތާޢީދުކުރަމުން ޓްރަމްޕް އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ސިފަކުރީ، މިއީ އެމެރިކާއަށް ”ސްމޯލް ޕޮޓޭޓޯސް“ ނުވަތަ އާދައިގެ އަސްކަރީ ކުރިމަތިލުމެއް ކަމަށެވެ.
އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް ވައިޓް ހައުސްއިން ގެންގުޅޭ މި ސިޔާސީ ނެރޭޓިވްގެ ފަހަތުގައި އޮތީ މުޅިން ތަފާތު ޙަޤީޤަތެކެވެ. އެމެރިކާގެ އަސްކަރިއްޔާއާއި ޖަސްޓިސް ޑިޕާޓްމަންޓުން ދަނީ އީރާނާ ދެކޮޅަށް ޤާނޫނީ އަދި އަސްކަރީ ފިއްތުންތައް އިންތިހާއަށް ވަރުގަދަކުރަމުންނެވެ.
އޯވަލް އޮފީހުގެ ވާހަކަތަކާއި ހަނގުރާމައިގެ ޙަޤީޤަތް
ޓްރަމްޕް ވިދާޅުވީ މިއީ ބޮޑު ހަނގުރާމައެއްގެ ގޮތުގައި ސިފަނުކުރެވެނީ، އެމެރިކާއިން ދޭ ޙަމަލާތަކަކީ ”އެކި ވަގުތުމަތިން ދެވޭ“ ޙަމަލާތަކަކަށްވެފައި، މުޅި ޤައުމު އެކީ ހަނގުރާމައެއްގެ ތެރެއަށް ވަދެފައިނުވާތީ ކަމަށެވެ. އަދި މި ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވަނީ އެމެރިކާގެ 18 ސިފައިންކަން ފާހަގަކޮށް، އޭނާ ވަނީ ވިއެޓްނާމް ހަނގުރާމައިގައި މަރުވި 50،000 އަށްވުރެ ގިނަ ސިފައިންގެ އަދަދާ އަޅާކިޔާފައެވެ.
ޓްރަމްޕް މިކަން ކުޑަކޮށްދެއްކި ނަމަވެސް، ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން 37.5 ބިލިއަން ޑޮލަރު މި ހަނގުރާމައަށް ވަނީ ޚަރަދުވެފައެވެ. އަދި ތެލުގެ އަގު އުފުލުމުގެ ސަބަބުން އެމެރިކާގެ އާންމުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
19 ވަނަ ޤަރުނުގެ ”ޕްރައިޒް ކޯޓް“ ޤާނޫނު އިޢާދަކުރުން
ހަނގުރާމައަށް ހިނގާ ބޮޑު ޚަރަދު ފޫބެއްދުމަށްޓަކައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ދަނީ 1898 ވަނަ އަހަރުގެ ސްޕެނިޝް-އެމެރިކަން ހަނގުރާމައިގެ ފަހުން ބޭނުންކޮށްފައިނުވާ ކަނޑުގެ
’ޕްރައިޒް ލޯ‘ އަލުން އިއާދަކުރުމަށް ތައްޔާރުވަމުން ބީނެވެ.
މި ޤާނޫނުގެ ދަށުން، އެމެރިކާގެ ނޭވީއިން ހޮރްމޫޒް ކަނޑުއޮޅިން އީރާނުދަތުރުކުރާގެ ތެޔޮ ބޯޓުތައް އަތުލައިގަނެ، ޓެކްސަސްގެ ފެޑެރަލް ކޯޓެއް މެދުވެރިކޮށް އެ އުޅަނދުތަކާއި ތެޔޮ ދައުލަތަށް ނަގާނެއެވެ. އޭގެފަހުން އެ ތެޔޮ ބާޒާރުގައި ވިއްކައިގެން ލިބޭ ފައިސާ އެމެރިކާގެ ޚަޒާނާއަށް ވަދެގެންދާނެއެވެ.
ކުރިމަތިވެދާނެ ގޮންޖެހުންތައް
މި ފިޔަވަޅުގެ ސަބަބުން ބައިނަލްއަޤްވާމީ ޝިޕިންގ ކުންފުނިތަކާއި އިންޝުއަރެންސް އޭޖެންސީތަކާއެކު ބޮޑެތި ޤާނޫނީ ކުރިމަތިލުންތަކެއް އުފެދޭނެއެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުގެ ޙަމަލާތަކުގެ މެދުގައި ތިބެ ތެޔޮ ބޯޓުތަކަށް އަރައި އަތުލައިގަތުމަކީ އެމެރިކާގެ ނޭވީއަށްވެސް ނުރައްކާތެރި އޮޕަރޭޝަނަކަށް ވެގެންދާނެއެވެ.













