Sunday, 6 September 2026
Ads by

4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!

4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު---

ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 4 ވަޒީރެއްގެ ފަރާތްޕުޅުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހާއްސަ މެސެޖުތަކެއް ރައްދުކުރައްވައިފިއެވެ. މި މެސެޖުތައް ޔާމީނަށް ރައްދުކޮށްދެއްވީ، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

Ad Image
Ads by

ޝުޖާއުގެ ވާހަކަފުޅު ފެއްޓެވީ، އިގުތިސާދީ ވަޒީރު މުޙައްމަދު ސަޢީދު، ޔާމީނަށް ހާއްސަކޮށް ފޮނުއްވެވި ހާއްސަ މެސެޖަކުންނެވެ. ވަޒީރު ސަޢީދުގެ މެސެޖުގައިވަނީ:

”ޔާމީނަށް ދަންނަވާށޭ ތެޔޮ ފުޅިއެއްގެ އަގު ހުރީ 19 ރުފިޔާއަށޭ. މިއީ ކައްކާ ތެލުގެ ވާހަކައެއް ނޫނޭ. ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނޭ. މިއީ ތަދުވާތީ ތަންތަނުގައި ދަމަން ގެންގުޅޭ ތެލޭ. މި ވަގުތު ހުރީ 19.50 ރުފިޔާއަށް އަދި ދަންނަވާލައްޗޭ އަންގާރަ ހިސާބުގައި އެ ތެޔޮ 18 ރުފިޔާއަށް ލިބޭނޭ. އެއީ ރަައީސް ޔާމީނަށް ހާއްސަކޮށްފައި ހުރި ތެލެކޭ،“ – ސަޢީދު ފޯނުން ގުއްވައި ހިއްސާކުރެއްވި މެސެޖުގައިވެއެވެ.

އެއަށްފަހު މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްގެ މެސެޖު ޝުޖާއު ވަނީ ހިއްސާކުރައްވައިފައެވެ. ވަޒީރު ޝިޔާމްގެ މެސެޖުގައި ވިދާޅުވީ:

”ރައީސް ޔާމީނަށް ދަންނަވާށޭ މެސެޖެއް. މި ވެރިކަން އައުމާ އެކީގައި ވަޒީރުކަމާ ހަވާލުވީމަ ރައީސް ޔާމީން ވިދާޅުވިއޭ ފުނޑިފައި އޮތް އިންޑަސްޓްރީއެކޭ. ރައީސް މުޢިއްޒަކަށް ތި އިންޑަސްޓްރީއެއް ނަގައި ކޮޮޅަކަށް ނުޖެއްސެވޭނެއޭ. ރައީސް ޔާމީނަށް ދަންނަވާށޭ އެމްޑީޕީ ސަރުކާރު ނިމުނުއިރު ނުދައްކާ އޮތް ހުރިހާ ފައިސާއެއް ރައީސް މުޢިއްޒު ދައްކަވައިފިއޭ. މިހާރު ސީވީޑް އެކްސްޕޯޓް ކުރަމޭ. ޑޮލަރުންނޭ އާމްދަނީ ދެނީ. ގަނެވޭ ވަރަށޭ މަސް ގަންނަން ރައީސް މުއިއްޒު ފެއްޓެވީ،“ – ޝިޔާމް ހިއްސާކުރެއްވި މެސެޖުގައިވެއެވެ.

މީގެ އިތުރުން، މަސްވެރިންގެ އަތުން މަސްގަންނަ އަގު މިހާރު ހުރީ 21 ރުފިޔާއަށް ކަމަށާއި، ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ވާހަކަ ވެސް ޔާމީނަށް ހިއްސާކޮށްދެއްވަން ޝިޔާމް އެދިވަޑައިގަތް ކަމަށް މެންބަރު ޝުޖާއު ވިދާޅުވިއެވެ. އެއަށްފަހު ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ މެސެޖު ޝުޖާއު ހިއްސާކުރެއްވިއެވެ. އަމީންގެ މެސެޖުގައި ވިދާޅުވީ:

”އެބައޮތޭ ރައީސް ޔާމީނަށް ދެއްވަންޖެހޭ މެސެޖެއް. ވައިޑް ބޮޑީ އެބަ ގެންނަމޭ. ޓާގެޓަށް އިރާދަކުރެއްވިއްޔާ ޓޫރިޒަމް އެރައިވަލް ރީޗް ވާނެއޭ ދަންނަވައްޗޭ. ޕެސިފިކަށް ދަތުރު ކުރަން ފަށައިފީމުއޭ. ނުވެ އޮތް ކަމެއްވީމަ ހަމަ އެވާހަކަ ބުނެލީއޭ،“ – އަމީން ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ގުޅުއްވާފައި ޔާމީނަށް ދެއްވަން ބޭނުންވާ މެސެޖު ވެސް ޝުޖާއު ވަނީ ހިއްސާކުރައްވައިފައެވެ. ވަޒީރު އިޙުސާންގެ މެސެޖުގައި ވަނީ، މަރަށް މަރު ހިފަން މި ސަރުކާރުން ތައްޔާރުވަމުންދާ ކަމަށާއި، އެއީ ޕީޕީއެމް ސަރުކާރުގައި ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ފިނޑިކަމުން ކުރައްވަން ކެރިވަޑައިނުގަތް ކަމެއް ކަމަށް ޔާމީނަށް ދަންނަވަން އެދޭ ކަމަށް އިޙުސާންގެ މެސެޖުގައިވެއެވެ.

”ރައީސް ޔާމީންގެ ވެެރިކަމުގައި މާލޭގައި މަރަމުން ދިޔަ ޒުވާނުން މިހާރު ނުމަރައޭ. މަސްތުވާތަކެތީގެ ހުރިހާ ދޮރެއް ބަންދު ކުރާނަމޭ. ރައީސް ޔާމީނަށް ވެސް ދެން ހުރި އެއްވެސް ވެރިއަކަށް ވެސް ރާއްޖޭގެ މައި ޕޯޓުގައި ގާއިމް ނުކުރެވުނު ސްކޭނަރު ރައީސް މުޢިއްޒު ދެ މަހެއްހައި ދުވަހުގެ ތެރޭގައި ގާއިމްކޮށްދެއްވައި ނިންމަވައިފިއޭ،“ – ވަޒީރު އިޙުސާންގެ މެސެޖުތައް ހިއްސާކުރެއްވި މެސެޖުތަކުގައިވެއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޝުޖާއު ވިދާޅުވީ، ޕީއެންސީ އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުން އިސްކޮށްގެން، އިހުލާސްތެރިކަމާއެކު ވެރިކަން ކުރާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެސް އިސްކުރައްވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ކަމަށާއި، އެމަނިކުފާނުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އެކުގައި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260906_140507
ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
police
ހުޅުމާލެ ފޭސް2 ނިރޮޅުމަގުގައި ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި
20260905_234742
ޔޫކްރެއިންގެ ސުލްޙައިގެ އައު ހުށަހެޅުމާއެކު ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ރަޝިޔާ އަށާއި ޔޫކްރޭނަށް ފޮނުވައިފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!