Sunday, 6 September 2026
Ads by

ޕީއެންސީ މަތީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 8 ގައި ހަމަވާނެ

ޕީއެންސީ މަތީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 8 ގައި ހަމަވާނެ

ޕީއެންސީން ކުރިއަށްގެންދިޔަ ރެލީއެއްގެ ތެރެއިން---

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ އެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ޕީއެންސީން ބުނެފައިވަނީ، އެ ޕާޓީގެ މަތީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީހަކީ 8 ސެޕްޓެމްބަރު ވާ އަންގަރާ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަންޖެހެނީ އޮންލައިންކޮށް ކަމަށް ޕީއެންސީން މައުލޫމާތުދެއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގައި އިންތިހާބު ކުރަން ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި:

  • ޕާޓީގެ ނައިބު ރައީސްކަމުގެ 6 މަގާމު
  • މެންބަރުންގެ މަޖިލީހަށް އާންމު 18 މެންބަރުން
  • މެންބަރުންގެ މަޖިލީހަށް ޒުވާނުންނަށް ހާއްސަ ގޮނޑިތައް
  • މެންބަރުންގެ މަޖިލީހަށް އަންހެނުންނަށް ހާއްސަ 10 ގޮނޑި
  • އަންހެނުންގެ ހަރަކާތުގެ ރައީސާ، ނައިބު ރައީސާ، ސެކްރެޓަރީ އަދި ހަޒާންދާރު
  • ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ހަޒާންދާރު

މި މަގާމުތަކަށް ކުރިމަތިލުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ ޕާޓީގެ ވެބްސައިޓުގައި ގާއިމުކުރެވޭ ހާއްސަ ޑިޖިޓަލް ޕޯޓަލެއް މެދުވެރިކޮށެވެ. އަދި ފޯމު ހުށަހަޅާއިރު އައިޑީކާޑުގެ މައުލޫމާތާއި، ފޮޓޯގެ އިތުރުން ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި ސާފުކޮށްފައިވާ ޕޮލިސް ރިކޯޑާއި ކޯޓުތަކުގެ ކުށުގެ ރިކޯޑު ހުށަހަޅަންޖެހޭނެއެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް، ޕާޓީގެ މަތީ މަޖިލިސް ބާއްވަން ނިންމާފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށެވެ. ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އަންނަނީ އެ ޕާޓީގެ މަތީ މަޖިލީހަށް ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ޕާޓީއަށް މެންބަރުން އިތުރުކުރުމާއި، ޕާޓީގައި އަންހެނުންނާއި ޒުވާނުންގެ ދައުރު މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.

ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. އެގޮތުން އިލެކްޝަން ކޮމިޝަން (އީސީ) ގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ޕާޓީގައި 67،000 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީ ވެފައިވެއެވެ. ނަމަވެސް މިހާރު ޕީއެންސީގެ މެންބަރުންގެ އަދަދު 71،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260906_140507
ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
police
ހުޅުމާލެ ފޭސް2 ނިރޮޅުމަގުގައި ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި
20260905_234742
ޔޫކްރެއިންގެ ސުލްޙައިގެ އައު ހުށަހެޅުމާއެކު ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ރަޝިޔާ އަށާއި ޔޫކްރޭނަށް ފޮނުވައިފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!