Friday, 4 September 2026
Ads by

އިސްލާމިކް ސްޓޭޓާ ގުޅެން އުޅުނު އިޒްރޭލު އަސްކަރިއްޔާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށް ޓެރަރިޒަމް ދަޢުވާކޮށްފި

އިސްލާމިކް ސްޓޭޓާ ގުޅެން އުޅުނު އިޒްރޭލު އަސްކަރިއްޔާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށް ޓެރަރިޒަމް ދަޢުވާކޮށްފި

އިސްލާމިކް ސްޓޭޓު ސީރިއާ ގޮފީގެ ހަނގުރާމަވެރިއެއް (އަޝްރަޤް އަލްއަސްވަތު)

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ތާޢީދުކޮށް، ސޫރިޔާ ނުވަތަ އެފްރިކާގައިވާ އެޖަމާޢަތުގެ ގޯފިތަކާ ގުޅުމަށް ”ހިޖުރަ“ ކުރަން ތައްޔާރުވިކަމަށް ތުހުމަތުކުރެވޭ އިޒްރޭލު އަސްކަރިއްޔާ (އައިޑީއެފް) ގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށް އިޒްރޭލުން ޓެރަރިޒަމް ދަޢުވާ އުފުލައިފިއެވެ.

Ad Image
Ads by

ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައިވަނީ އިޒްރޭލުގެ އުތުރުގެ ޙުސްނިއްޔާ އަވަށަށް ނިސްބަތްވާ ޢަރަބި-އިޒްރޭލު މީހެއް ކަމަށްވާ ޚަމީސް ސުޢާދު (30 އަހަރު) އެވެ. އޭނާއަކީ 2017 އިން 2019 އަށް އައިޑީއެފްގައި ޚިދުމަތްކޮށްފައިވާ މީހެކެވެ. އިޒްރޭލުގެ ސިއްރު ފުލުހުން (ޝިން ބެޓް) އާއި ފުލުހުން ކުރިއަށްގެންދިޔަ ތަޙްޤީޤަށްފަހު ހައިފާ މެޖިސްޓްރޭޓް ކޯޓަށް ވަނީ އޭނާއާ ދެކޮޅަށް ދައުވާ ހުށަހަޅާފައެވެ.

ސުޢާދު އައިޑީއެފްއިން ވަކިވިފަހުން 2023 އިން ފެށިގެން އައިއެސްގެ ފިކުރަށް ޝައުޤުވެރިކަން އުފެދި، 2024 ގައި ސޫރިޔާއަށް ނުވަތަ އެފްރިކާއަށް ގޮސް އައިއެސްއާ ގުޅެން ނިންމިކަމަށް ތަޙްޤީޤަށް އެނގިފައިވާކަމަށާއި، އައިއެސްގެ ޙަރަކާތްތަކާއި، ފިކުރާއި، މަޤުޞަދުތަކަށް ތާއީދުކުރަން ފަށާފައިވާ ކަމަށް ޕްރޮސިކިއުޓަރުން ވަނީ ބުނެފައެވެ. އަދި އޭނާ ދިޔައީ ޓެރަރިސްޓް ޖަމާޢަތާ ގުޅުންހުރި ވެބްސައިޓްތަކަށް ވަދެ، ސޯޝަލް މީޑިއާ ކޮންޓެންޓް ބަލަމުން ކަމަށްވެސް ޕްރޮޑިއުޓަރުން ވަނީ ތުހުމުތުކޮށްފައެވެ.

​2024 ވަނަ އަހަރު، ސުޢާދުވަނީ ސީރިއާއަށް ނުވަތަ އެފްރިކާއަށް ގޮސް، އައިއެސް ޖަމާޢަތާ ގުޅިގެން އެމެރިކާޔާ އޭގެ ބައިވެރި ’ކާފަރު‘ ޤައުމުތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ނިންމާފައި ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެ ރޭވުން ތަންފީޒުކުރުމަށްޓަކައި އޭނާ ތައްޔާރީތައްވާން ފެށި ކަމަށްވެސް ތަޙުޤީގުން ބުނެފައިވެއެވެ.

​ތަޙުޤީޤަށް އެނގުނުގޮތުގައި، ނަފްސާނީގޮތުން ތައްޔާރުވުމުގެ ގޮތުން އޭނާވަނީ ހަނގުރާމަވެރި މަންޒަރުތައް ބަލާފައެވެ. އަދި ހަތިޔާރު ބޭނުންކުރާނެ ގޮތާއި، ހަނގުރާމައިގެ އުކުޅުތައް ދަސްކޮށް، އައިއެސްގެ އިސް ވެރިން ދީފައިވާ ދީނީ ދަރުސްތައް އަޑުއަހާފައިވެއެވެ. މީގެއިތުރުން، އެ ދަތުރަށް ފައިސާ ރައްކާކުރަންވެސް އޭނާ ފެށިކަމަށް ތަޙުޤީގުން ވަނީ ތުހުމަތުކޮށްފައިވެއެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިސްޓް ޖަމާޢަތަކާ ގުޅެން އަސްކަރީ ތަމްރީނު ހޯދުމުގެ ކުށުގައެވެ.

އިޒްރޭލުގެ ތެރޭ އައިއެސްއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ޙަމަލާތަކުގެ ނުރައްކާ އިތުރުވަމުންދަނީ

ސުޢާދުގެ މައްޗަށް ދަޢުވާކޮށްފައިމިވަނީ، އޯގަސްޓް މަހު އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި، އައިއެސްއާ ގުޅުންހުރި މިފަދަ އެހެން ދެ މައްސަލައަކަށްފަހުއެވެ. އޯގަސްޓް 18 ގައި ޕްރޮސިކިއުޓަރުންވަނީ ސެގޭވް ޝަލޯމްއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޢަބްދުﷲ ޖަރްގާވީގެ މައްޗަށް ދަޢުވާ އުފުލާފައެވެ. އެއީ ގޮވާތަކެތި ހަރުކޮށްފައިވާ އުޅަނދެއް ބޭނުންކޮށްގެން ބިއަރް ޝެބާ (ބީރްޝެބާ) ގެ ފޯރަމް ނައިޓްކްލަބަށް ޙަމަލާދޭން ރޭވިކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނިގޮތުގައި އޭނާވަނީ އައިއެސްއަށް ތާއީދުކުރާ ފަރާތްތަކާ މުއާޞަލާތުކޮށް، ސީރިއާގައިވާ އެ ޖަމާޢަތާ ގުޅެން ޤަޞްދުކޮށްފައެވެ.

އޯގަސްޓް 28 ގައި ފުލުހުންނާއި ޝިން ބެތްއިން ހާމަކުރިގޮތުގައި، ޕްރޮސިކިއުޓަރުން ވަނީ ގަލީލީއަށް ނިސްބަތްވާ 16 އަހަރުގެ ކުޑަކުއްޖަކާއި، ހައިފާގެ ރައްޔިތެއް ކަމަށްވާ އުމުރުން 19 އަހަރުގެ އިބްރާހީމް ކަޢުބިއްޔާގެ މައްޗަށް ދަޢުވާ އުފުލުމަށް ނިންމާފައެވެ. ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރިގޮތުގައި، އެފިރިހެން ކުއްޖާ ޤަޞްދުކޮށްފައިވަނީ އަލް-އަޤްޞާ މިސްކިތުގެ ސަރަޙައްދު (ޓެމްޕަލް މައުންޓް) ގައި ތިބި އިޒްރޭލާ ސުލްޙަވެ، ފޯރިމަރައިދޭން ތިބި އުރުދުންގެ ފުލުހުންނާއި ސިފައިންނަށް ޙާމަލާދިނުމަށެވެ. އަދި ކަޢުބިއްޔާ ރާވާފައިވަނީ އިޒްރޭލުގެ އުތުރުން އައި.ޑީ.އެފްގެ އަސްކަރީ މަރުކަޒަކަށް ޙަމަލާދިނުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260903_231713
އިސްލާމިކް ސްޓޭޓާ ގުޅެން އުޅުނު އިޒްރޭލު އަސްކަރިއްޔާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށް ޓެރަރިޒަމް ދަޢުވާކޮށްފި
20260903_233414
ހޫޘީން 'ރުޖޫމް' ޑްރޯން ބޭނުންކޮށްގެން ސަޢޫދީ ކޯލިޝަނު ސިފައިންގެ މަޤާމުތަކަށް ހަމަލާތަކެއް ދީފި
stelco
ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި
IMG_8508
ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.