Saturday, 24 October 2026
Ads by

ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި

ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި

ސްޓެލްކޯގެ މައި އިދާރާ---

ރާއްޖެ ޓީވީން ދުރާލާ ރާވައިގެން، ސްޓެލްކޯގެ އެޗްއާރް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފަކު މެދުވެރިކޮށް ސަރުކާރުގެ އަގުވައްޓާލުމަށް މަސައްކަތްކުރި މައްސަލައެއް ފަޅާއެރުމާ ގުޅިގެން އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލަ ފެންމަތިވެގެން ދިޔައީ ރާއްޖެ ޓީވީން ގެނެސްދިން ”ފަށާއިރު“ ޕްރޮގްރާމުގެ ތެރެއިން، އެ ޗެނަލްގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ލައިވްކޮށް ސްޓެލްކޯގެ އެޗްއާރް ޑިޕާޓްމަންޓުގެ ރަސްމީ ނަންބަރަށް ގުޅައި، ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރުމަށްފަހު އޭގެ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރުމާ ގުޅިގެންނެވެ. އެ ވަގުތު ފޯނަށް ޖަވާބުދިން މުވައްޒަފު ވަނީ ޕީއެންސީއަށް ސޮއިކުރާ ފޯމުތައް ފޮނުވަން ޖެހޭނީ އެޗްއާރްގެ ނަންބަރަށް ކަމަށް ބުނެފައެވެ. އަދި ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދަމުންދާ ކަމަށް ބުނެ އެ މުވައްޒަފު ވާހަކަދައްކާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ މިކަމުގައި ޝާމިލުވި މުވައްޒަފު ވަގުތުން ސަސްޕެންޑްކޮށް، މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ހާމަކޮށްފައެވެ. އަދިހަމައެހެންމެ، އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ގައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުންފުނީގެ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ، 24 ގަޑިއިރު މެދުކެނޑުމެއް ނެތި، އިތުބާރާއި ޔަގީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ އިދާރީ އަދި އިސްލާހީ ފިޔަވަޅުތައް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެމުން ސްޓެލްކޯއިން ބުނެފައިވަނީ، އެ ކުންފުނީގެ މައިގަނޑު އަމާޒަކަށްވާނީ އަބަދުވެސް ރައްޔިތުންގެ އިތުބާރު ހިފަހައްޓައި، ފެންވަރު ރަނގަޅު ހިދުމަތްތަކެއް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ކަމަށެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ”އެކި އެމްވީ“ އަށް މައުލޫމާތު ދިން ރާއްޖެ ޓީވީގެ ނޫސްވެރިއަކު ބުނި ގޮތުގައި، މިއީ ސަރުކާރުދެކެ ހިތްހަމަ ނުޖެހޭ މުވައްޒަފަކު މެދުވެރިކޮށް، އެ މުވައްޒަފާއި ގުޅިގެން އާމިރު ކުޅުއްވި ޑްރާމާއެކެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައި އެ ޗެނަލުން ދުރާލާ ރާވައިގެން ހިންގި އަމަލެއްކަމަށްވެސް ބުނެވިދާނެއެވެ.

މާޒީގެ ތަޖުރިބާތަކަށް ބަލާއިރު، ރާއްޖޭގައި މީގެ ކުރިން ވެރިކަންކުރި ހުރިހާ ޕާޓީތަކުން ވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެރިކަންކުރާ މައި ޕާޓީތައަށް މަޖުބޫރުން ވެއްދުމުގެ ސަގާފަތެއް އޮތެވެ. އެހެންނަމަވެސް އެއްވެސް ސަރުކާރެއްގެ އޮފީހެއްގެ އެޗްއާރު މެދުވެރިކޮށް މިކަން ހިންގާފައެއްނުވެއެވެ. މީގެކުރީގެ ސަރުކާރުތަކުން ވަޒީފާގެ ކުރިއެރުމާއި ފުރުސަތުތައް ދިނުމުގައި ވެސް ސިޔާސީ ފިކުރަށް އިސްކަންދެމުން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މިފަދަ ހުރިހާ ތަފާތުކުރުންތަކެއް ނައްތާލައި، ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކަށް ވީނަމަވެސް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި