ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރި ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ބޯޓަކަށް ޙަމަލާދީ ދެ ފަޅުވެރިން މަރުވުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ސަރުކާރު ހިއްސާވާ ދެ ތެޔޮ ބޯޓަކަށް ޙަމަލާދީ ’ޓޭންކަރަކަށް-ޓޭންކަރެއް‘ ބަދަލުހިފުމުގެ އައު ސިޔާސަތެއް ތަންފީޒުކުރަން ފަށައިފިއެވެ.
މި ޙަމަލާތަކަށްފަހު އީރާނުން ވަނީ އެ ކަނޑުއޮޅިން ދަތުރުކުރާނަމަ ހިފަހައްޓާނެ ނުވަތަ ޖޫރިމަނާކުރާނެ 56 އުޅަނދެއްގެ ’ބްލެކްލިސްޓެއް‘ އާންމުކޮށްފައެވެ. މިޔާއެކު އެމެރިކާގެ ޓްރެޜަރީން ވަނީ ’އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް‘ ގެ ދަށުން އީރާނުގެ ތެޔޮ ވިއްކުމަށް އެހީތެރިވާ ބޭންކުތަކާއި ކްރިޕްޓޯ އެކްސްޗޭންޖްތަކާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތަކެއް އިޢުލާންކޮށްފައެވެ.
އެމެރިކާގެ ސެންޓްކޮމް އިން ވަނީ އީރާނުން އާންމު ވިޔަފާރި ބޯޓުތަކަށް ޙަމަލާދޭނަމަ، އީރާނުގެ ތެޔޮ ބޯޓުތައް ހިފަހައްޓާނެކަމުގެ އިންޒާރު ދީފައެވެ. އެމެރިކާގެ ފިނޭންސް މިނިސްޓްރީން ވަނީ ޔޫ.އޭ.އީ ގައި ހުންނަ ބޭންކު މިޞްރުގެ ގޮފިތަކާއި، އައި.އާރު.ޖީ.ސީއާ ގުޅުންހުރި ކްރިޕްޓޯ އެކްސްޗޭންޖްތަކަށް އެމެރިކާގެ މާލީ ނިޒާމު ’ސްވިފްޓު‘ ބޭނުންކުރުން މަނާކުރުމަށް ނިންމާފައެވެ.













