Wednesday, 9 September 2026
Ads by

އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން މީރާއިން 3.4 ބިލިއަން ރުފިޔާ ހޯދައިފި

އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން މީރާއިން 3.4 ބިލިއަން ރުފިޔާ ހޯދައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 3.48 ބިލިއަން ރުފިޔާ ދައުލަތަށް ހޯދައިފިއެވެ.

Ad Image
Ads by

މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނުލިބި ހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 2.09 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ކުއާޓަރުގައި ހޯދާފައިވަނީ 1.39 ބިލިއަން ރުފިޔާއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމަށްޓަކައި އެޅި އެކި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ.

ފުރަތަމަ ދެ ކުއާޓަރުގައި ފިޔަވަޅު އަޅައިގެން ފައިސާ ހޯދި ގޮތުގެ ތަފްސީލު:

  • ޑަނިންގް / ނޯޓިސް ފޮނުވައިގެން: 2.39 ބިލިއަން ރުފިޔާ
  • ޑިއުސް ކްލިއަރެންސްގެ ގޮތުގައި: 861.19 މިލިއަން ރުފިޔާ
  • ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން: 192.38 މިލިއަން ރުފިޔާ
  • ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އާންމުކޮށްގެން: 21.45 މިލިއަން ރުފިޔާ
  • ބޭންކް އެކައުންޓް ފްރީޒްކޮށްގެން: 14.54 މިލިއަން ރުފިޔާ

މީގެއިތުރުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށާއި ފައިސާ ނުދައްކާ ފަރާތްތަކަށް ފަހުގެ ނޯޓިސް ފޮނުވުމުގެ މަސައްކަތްވެސް މީރާއިން ވަނީ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބަޔާން ހުށަނާޅާ 20،000 އަށްވުރެ ގިނަ ފަރާތަކަށާއި، ފައިސާ ނުދައްކާ 12،000 އަށްވުރެ ގިނަ ފަރާތަކަށް ފުރަތަމަ ހަ މަސް ދުވަހު ވަނީ ފަހުގެ ނޯޓިސް ފޮނުވާފައެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތައް އޮޑިޓްކުރުމުގެ ބާރު މީރާއަށް ވަނީ އިތުރަށް ލިބިދީފައެވެ. މި ބާރުގެ ދަށުން ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ 73 އޮޑިޓެއް ފުރިހަމަކޮށް، ޓެކުހުގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ 92.27 މިލިއަން ރުފިޔާ ހޯދުމަށް ވަނީ އަންގާފައެވެ.

ހަމައެއާއެކު، ވިޔަފާރިތަކުން ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބާ މިންވަރު ދެނެގަތުމަށްޓަކައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޖުމްލަ 2،612 ކޮމްޕްލައެންސް ޒިޔާރަތް އެ އިދާރާގެ އޮފިޝަލުން ވަނީ ކޮށްފައެވެ.

މީރާއިން ދަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޤަވާއިދާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި