Friday, 4 September 2026
Ads by

ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ad Image
Ads by

މި ބައްދަލުވުމަކީ ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ”އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމުގެ ޕްރޮގްރާމް“ ގެ ދަށުން އިންތިޒާމުކުރާ ބައްދަލުވުމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ އާމްދަނީ ހޯދުމުގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ލިބެންހުރި ފުރުޞަތުތައް ދެނެގަތުމެވެ. މީގެ އިތުރުން އަލަށް ވިޔަފާރިއެއް ފެށުމުގައާއި މިހާރު ކުރަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމުގައި އަންހެނުންނަށް ދިމާވާ ދަތިތައް ދެނެގަތުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އެއް މަޤްޞަދެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުމުގައި ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިންގެ ތަޖުރިބާތަކާއި، އެކަނބަލުންނަށް ބޭނުންވާ ތަމްރީނުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. އަދި މި މަޝްވަރާތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި، ކުރިމަގުގައި އެކަނބަލުންނަށް ބޭނުންވާ ތަމްރީނު ފުރުޞަތުތައް ފަހިކޮށްދިނުމާއި، މާލީ އެހީތެރިކަން ނުވަތަ ފައިސާ ހޯދޭނެ މަގުތައް ފަހިކުރުމާއި، މުޖުތަމަޢު ބިނާކުރުމުގެ އެކި ޕްރޮގްރާމްތައް ބައްޓަންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން، އެ ވުޒާރާއިން ޢާންމުކޮށްފައިވާ ލިންކް މެދުވެރިކޮށް ގޫގަލް ފޯމު ފުރިހަމަކުރުމަށް ވަނީ އެދިފައެވެ

ސަރުކާރުން އަންހެނުންގެ އިޤްތިޞާދީ ޙަރަކާތްތެރިކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ސިޔާސަތުތައް އެކުލަވާލަމުން އަންނައިރު، މިފަދަ މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުން ރަށްރަށުގައި ތިބި އަންހެން ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ޢަމަލީ ޙައްލުތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260903_233414
ހޫޘީން 'ރުޖޫމް' ޑްރޯން ބޭނުންކޮށްގެން ސަޢޫދީ ކޯލިޝަނު ސިފައިންގެ މަޤާމުތަކަށް ހަމަލާތަކެއް ދީފި
stelco
ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި
IMG_8508
ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
big_719XEKUPmsPcevsYKHnbkRlPu
ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް ބެލެހެއްޓުން ލާޒިމުކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.