Friday, 4 September 2026
Ads by

އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 18 އަށް; ޓްރަމްޕް ދިނީ އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު

އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 18 އަށް; ޓްރަމްޕް ދިނީ އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު

އެމެރިކާއިން ބޭނުން ކޮންމެ ވަގުތެއްގައި އީރާނަށް ހަމަލާދެވިދާނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަނެއްކާވެސް ވަރުގަދަ އިންޒާރެއް ދީފިއެވެ. ޓްރަމްޕް މި އިންޒާރު ދީފައި މިވަނީ އެމެރިކާއިން ދިން ނުރައްކާތެރި ވައިގެ ހަމަލާތަކެއްގައި އީރާނުން މަރުވި މީހުންގެ އަދަދު 18 އަށް އަރައި، 108 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގެ ތެރޭގައި ކައިވެނި ހަފުލާއަކަށް ދިން ހަމަލާއެއްވެސް ހިމެނޭތީ، އީރާނުން ވަނީ މިއީ ”ހަނގުރާމައިގެ ޖަރީމާއެއް“ ކަމަށް ސިފަކޮށްފައެވެ.

Ad Image
Ads by

ބުދަ ދުވަހު ޓްރަމްޕް މި އިންޒާރު ދެއްވީ ވޭތުވެދިޔަ ޖުލައި މަހަށްފަހު ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވުނު އެންމެ ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ދެކުނު އައްސޭރިފަށުގެ ސިޓީތަކަށާއި އެކި ސަރަޙައްދުތަކަށް ޙަމަލާތައް އަމާޒުކޮށްފައެވެ. މީގެ ތެރޭގައި ކުހެސްތަކް ސިޓީގައި ބޭއްވި ކައިވެނި ޙަފުލާއަކަށް ދިން ހަމަލާވެސް ހިމެނެއެވެ. މީގެ ރައްދުގައި އީރާނުން ވަނީ ބަޙްރައިން، ޢިރާޤު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ބުނީ، ރޭގަނޑުގެ ވަގުތުގައި އެމެރިކާއިން އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި ހޮރްމޫޒް ކަނޑުއޮޅި ސަރަޙައްދުގައި އެމީހުން ޤާއިމުކުރަން އުޅުނު ހުރިހާ އައު އަސްކަރީ ވަސީލަތްތަކެއް ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް ހާމަކުރިއެވެ.

”އެއީ ރޭގައި ދިން ވަރަށް ވަރުގަދަ ހަމަލާއެއް. އަދި އަޅުގަނޑުމެން މިތިބީ އިތުރު ހަމަލާއެއް ދޭންވެސް ތައްޔާރަށް، އަދި އަޅުގަނޑުމެން ބޭނުން ކޮންމެ ވަގުތެއްގައިވެސް އެކަން ކުރެވިދާނެ،“ ޓްރަމްޕް

އީރާނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި އެމެރިކާގެ މި ހަމަލާތަކުގައި މިހާތަނަށް 18 މީހުން ވަނީ ޝަހީދުވެފައެވެ. އީރާނުގެ ހެލްތު މިނިސްޓަރު މުޙައްމަދު ރިޟާ ޒަފަރްޣަންދީ ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ސިރީކް ކައުންޓީގެ ކުހެސްތަކްގައި އޮތް ކައިވެނި ހަފުލާއަށް ދިން ހަމަލާގައި މަރުވި 4 އަހަރުގެ ކުއްޖަކު ހިމެނެއެވެ. މި ހަފުލާއަށް ދިން ހަމަލާގައި ޖުމްލަ 4 މީހުން މަރުވިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވަނީ ކުހެސްތަކަށް ދިން ހަމަލާއަކީ ”ހަނގުރާމައިގެ ޖަރީމާއެއް“ ކަމަށް ވިދާޅުވެ، ޢާންމުންނަށް ޙަމަލާ ނުދޭ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި އޭނާ ލިޔުއްވާފައިވަނީ، ހަޤީޤަތަކީ އެމެރިކާގެ ޕްރޮޕެގަންޑާއަށްވެސް ދޮގު ނުހެދޭނެ ފަދަ ބިރުވެރި ހަޤީޤަތެއް ކަމަށާއި، ސިރީކްގައި ޙަމަލާ އަމާޒުވި ޢާންމުންނާއި ޝިކާރައަކަށް ވީ މީހުންނަކީ ޙަޤީޤަތެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260903_233414
ހޫޘީން 'ރުޖޫމް' ޑްރޯން ބޭނުންކޮށްގެން ސަޢޫދީ ކޯލިޝަނު ސިފައިންގެ މަޤާމުތަކަށް ހަމަލާތަކެއް ދީފި
stelco
ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި
IMG_8508
ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
big_719XEKUPmsPcevsYKHnbkRlPu
ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް ބެލެހެއްޓުން ލާޒިމުކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.