Friday, 4 September 2026
Ads by

ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުން ބެލެހެއްޓުން ގަވާއިދުން ލާޒިމުކުރަނީ

ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުން ބެލެހެއްޓުން ގަވާއިދުން ލާޒިމުކުރަނީ

ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާތީ، ކުރިއަށްއޮތް ތަނުގައި ގަވާއިދުތަކުގެ ތެރެއިން އެކަން ލާޒިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އޭސީސީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕްރިވެންޝަން ފާތިމަތު އިބްނާއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމަށްޓަކައި އެ ކޮމިޝަނުން ހާއްސަ ދިރާސާއެއް ކޮށްފައިވާ ކަމަށެވެ. މި ދިރާސާގައި ކުޅިވަރު ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށްގެންދާ ގޮތްތަކާއި، އެސޯސިއޭޝަންތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަރަށް ފުޅާ ދާއިރާއެއްގައި ބަލާފައިވާ ކަމަށެވެ.

އިބްނާ ފާހަގަކުރެއްވި ގޮތުގައި، މި ދިރާސާގެ މަސައްކަތްތައް ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ކުޅިވަރުގެ ގާނޫނަށް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެވިފައެވެ. އަދި ގާނޫނުގައި ހުރި ފުށުއަރާ ބާރުތަކާއި މަސްއޫލިއްޔަތުތައް ދެނެގަނެވި، އެ ކަންކަން ހައްލުކުރުމަށްޓަކައި ދިރާސާގެ އަލީގައި ކުޅިވަރާ ބެހޭ ވުޒާރާއާ އެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރޭގައި އޭސީސީގެ ހުށަހެޅުންތައް ހިމެނުމަށް އެ ވުޒާރާއިން ނިންމާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މި ދިރާސާއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، ދައުލަތުގެ އިދާރާތަކުން މާލިއްޔަތު ގަވާއިދާއި އަރުޝީފު ގާނޫނުގެ ދަށުން މާލީ ލިޔެކިޔުންތައް ބަލަހައްޓަމުން އަންނަ އުސޫލުތައް ކުޅިވަރު އެސޯސިއޭޝަންތަކަށް ލާޒިމުނުވާތީ، އެ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި މާލީ ބަޔާންތަކާއި ލިޔެކިޔުންތައް ނުބަލަހައްޓާ މައްސަލައެވެ.

އެހެންކަމުން، މި މައްސަލަ ހައްލުކޮށް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށްގެންދިއުމަށްޓަކައި، ކުޅިވަރާ ބެހޭ ވުޒާރާގެ ގަވާއިދުތަކުގެ ތެރެއިން އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް ބެލެހެއްޓުން ލާޒިމުވާނެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260903_233414
ހޫޘީން 'ރުޖޫމް' ޑްރޯން ބޭނުންކޮށްގެން ސަޢޫދީ ކޯލިޝަނު ސިފައިންގެ މަޤާމުތަކަށް ހަމަލާތަކެއް ދީފި
stelco
ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި
IMG_8508
ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
big_719XEKUPmsPcevsYKHnbkRlPu
ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް ބެލެހެއްޓުން ލާޒިމުކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.