Sunday, 20 September 2026
Ads by

ސިޓީއެއްގެ ދަރަޖަ ހޯދަން ތިނަދޫގެ އާބާދީ އޮޅުވާލި މައްސަލަ: މޭޔަރު ސަޢުދުގެ މައްޗަށް ދެ ދަޢުވާއެއް އުފުލައިފި

ސިޓީއެއްގެ ދަރަޖަ ހޯދަން ތިނަދޫގެ އާބާދީ އޮޅުވާލި މައްސަލަ: މޭޔަރު ސަޢުދުގެ މައްޗަށް ދެ ދަޢުވާއެއް އުފުލައިފި

ދިވެހިރާއްޖޭގެ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ޝަރުޠު ހަމަކުރުމުގެ ނަމުގައި، ގދ. ތިނަދޫގެ އާބާދީގެ ޢަދަދުތަކަށް ބަދަލު ގެނެސް އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ރަށުގެ މޭޔަރު ސަޢުދު ޢަލީގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ޝަރީޢަތަށް މައްސަލަ ހުށަހަޅައިފިއެވެ.

Ad Image
Ads by

މި މައްސަލައިގެ ތަޙުޤީޤަށް ފަހު ފުލުހުން ދަޢުވާ ކުރުމަށް ފޮނުވުމާ ގުޅިގެން، ޕީޖީ އޮފީހުން ސަޢުދުގެ މައްޗަށް ދެ ދަޢުވާއެއް އުފުލަން ނިންމައި ކޯޓަށް ހުށަހެޅީ މި ހަފްތާގެ ތެރޭގައެވެ.

ޕީޖީ އޮފީހުން އޭނާގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދަޢުވާއަކީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ ކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ ރައީސްކަމުގައި އޭނާ ހުރިއިރު، އެ ރަށަކީ ސިޓީއަކަށް ވާންޖެހޭ މިންވަރަށް މީހުން ހަމަވާ ރަށެއްކަން ދެއްކުމަށްޓަކައި އެލްޖީއޭއަށް ދޮގު ލިޔެކިޔުން ހުށަހެޅުމުންނެވެ. އެގޮތުން އެހެން ރަށްރަށުގެ މީހުންނާއި، އެއް ބައެއްގެ ނަންތައް ތަކުރާރުކޮށް ހިމަނައިގެން އާބާދީގައި 10,150 މީހުން ހަމަވާކަމަށް ބަޔާންކޮށް އޭނާ ސޮއިކޮށް ފޮނުވި ލިސްޓަކާ ގުޅިގެންނެވެ. މި ކުށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ އޭނާއަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ދެވަނަ ދަޢުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލީ، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތަށް ހުށަހެޅި ލިޔެކިޔުންތައް ތަޙުޤީޤަށް ހޯދުމަށް ފުލުހުން އެދުމުން، އެފަދަ ލިސްޓެއް ފޮނުވިކަމުގެ ރެކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންގެ ތަޙުޤީޤަށް އޮޅުވާލައި ދޮގު މަޢުލޫމާތު ދީފައިވާތީއެވެ. މި ދަޢުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ވަނީ މިދިޔަ އަހަރު މަޖިލީހަށާއި އެލްޖީއޭއަށް ރަސްމީކޮށް މައްސަލަ ހުށަހަޅުއްވާފައެވެ. މެންބަރު ސަޢުދުﷲ ފާހަގަކުރެއްވި ގޮތުގައި، މިއީ އޭރު ތިބި ކައުންސިލަރުންގެ މަޤާމުގެ ދަރަޖަ މަތިކުރުމަށާއި، އޭރުގެ ސަރުކާރުން ވެފައިވާ ވަޢުދެއް ފުއްދިކަން ދެއްކުމަށްޓަކައި ހިންގާފައިވާ ޚިޔާނާތެކެވެ.

ތިނަދޫ ސިޓީއަކަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. ޤާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ މަދުވެގެން 10,000 މީހުންގެ އާބާދީއެއް އޮވެގެން ކަމަށްވާއިރު، ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އޭރު ތިނަދޫގެ ޖުމްލަ ރަޖިސްޓްރީ އާބާދީއަކީ ގާތްގަނޑަކަށް 8,000 އެވެ. އަދި ރަށުގައި ޢަމަލީ ގޮތުން ދިރިއުޅެމުން ދިޔައީ 5,000 އެއްހާ މީހުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot 2026-09-20 at 15.46
އުސޫލުން ބޭރުން ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ މޭޔަރު ސައުދުގެ މައްޗަށް ދައުވާކުރަނީ
download - 2026-09-20T154841
ކޮރަޕްޝަނުގެ ތުހުމަތުގައި އެމްޕީއެލްގެ ކުރީގެ އެމްޑީ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން އެދިއްޖެ
Saeedjpg
ބޮޑެތި އަދަދުތަކުން ދަރަނި ދައްކަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ