Sunday, 25 October 2026
Ads by

ނޯވޭގެ އާ ރަސްގެފާނަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ނޯވޭގެ އާ ރަސްގެފާނަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ނޯވޭގެ އާ ރަސްގެފާނު ހޯކަން (8 ވަނަ)---

ނޯވޭގެ ރަސްކަމުގެ ތަހުތަށް އިސްވެވަޑައިގަތުމާ ގުޅިގެން، އެ ގައުމުގެ ރަސްގެފާނު ހޯކަން 8 ވަނައަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

Ad Image
Ads by

ނޯވޭގެ އާ ރަސްގެފާނު، ހޯކަން 8 ވަނަ، ރަސްކަމުގެ ތަހުތަށް ވެޑުވީ އެކަމަށް ހާއްސަކުރެވިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި އިހުތިފާލާ ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ނޯވޭގެ ރަސްކަމުގެ ދިގު ތާރީހީ އާދަކާދަތަކާއި ދެމެހެއްޓެނިވި އަގުތައް ނަގަހައްޓަވައި، އެ ގައުމުގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ރަސްގެފާނު ހޯކަން 8 ވަނައިގެ ގާބިލު ލީޑަރޝިޕާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ.

ދެ ގައުމުގެ މެދުގައި އޮތް ހާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެއާއި ނޯވޭއާ ދެމެދު އޮތީ އިހުތިރާމާއި ބަދަހި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް އެކުވެރި ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަސްގެފާނު ހޯކަން 8 ވަނައިގެ ރަސްކަމުގައި ދެ ގައުމުގެ މެދުގައިވާ އެކުވެރިކަމާއި ބިނާކުރަނިވި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނު ހޯކަން 8 ވަނައަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޯވޭގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަން ވެސް އެމަނިކުފާނުގެ މެސެޖުގައި ހާމަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި