Tuesday, 1 September 2026
Ads by

ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި އެޗްޑީސީން މުހިންމު މަޝްވަރާތަކެއް ކޮށްފި

ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި އެޗްޑީސީން މުހިންމު މަޝްވަރާތަކެއް ކޮށްފި

ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

Ad Image
Ads by

މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ، ފަހަކަށް އައިސް ހުޅުމާލޭގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މަގުސަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، އާންމުކޮށް ގިނައިން އެކްސިޑެންޓުތައް ހިނގާ ކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކާއި، ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ދެ ފަރާތުގެ ދެމެދުގައި ވަނީ ހިއްސާކޮށްފައެވެ. އަދި އެ ސަރަހައްދުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކައި ވަގުތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މައިގަނޑު ތިން ދާއިރާއަކުން، އެއީ އިންޖިނިއަރިންގ، އެންފޯސްމަންޓް އަދި އެޑިއުކޭޝަންގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ. އެގޮތުން، ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށާއި، ގަވާއިދާ ޚިލާފަށް ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ.

އަދި ހަމައެހެންމެ، ހުޅުމާލޭގެ ރައުންޑްއެބައުޓް (ބުރު) ތަކާއި ކަފިހިހުރަސްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖްކުރުން ހަރުދަނާ ކުރުމަށްޓަކައި މަގުތަކަށް ގެންނަންޖެހޭ އިންޖިނިއަރިންގ ބަދަލުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. މީގެ ތެރޭގައި ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތިތަކާއި ކަފިހިހުރަސް އަދި ދުވާރުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.

މީގެއިތުރުން، އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާފައި އުޅޭ މީހުންވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި، ދެ މުއައްސަސާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް އަމާން، އަދި ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ އެންމެހައި ކަންކަން ދެނެގަނެ، އެކަންކަން އަމަލީ ގޮތުން ތަންފީޒުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
shiyam
މިހާތަނަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކުރެވިފައި: ޝިޔާމް
IMG_8450
ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި އެޗްޑީސީން މުހިންމު މަޝްވަރާތަކެއް ކޮށްފި
Screenshot 2026-09-01 at 14.26
ރާއްޖޭގެ ޑޮލަރުގެ މައްސަލަ ހައްލުކުރުމާއި އިޤްތިޞާދީ ކުރިއެރުމުގައި ދިވެހި ފައިސާގެ ދައުރު
thinadhoo hospital
ތިނަދޫ ސިޓީ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް