Tuesday, 1 September 2026
Ads by

ރާއްޖޭގެ 2 އަތޮޅެއް ފިޔަވައި، ހުރިހާ އަތޮޅަކުން، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ: ޝިޔާމް

ރާއްޖޭގެ 2 އަތޮޅެއް ފިޔަވައި، ހުރިހާ އަތޮޅަކުން، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ: ޝިޔާމް

ރާއްޖޭގެ 2 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅަކުން މަސްވެރިންނަށް އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ކަމަށެވެ. އަދި އޭގެ ސަބަބުން ދަތުރުތަކުގެ ހަރަދު ބޮޑުވެ، މަހަށް ނުފުރި މަސްވެރިން ތިބެންޖެހުނު ދަތި މައްސަލައަށް ސަރުކާރުން އަވަސް އަދި އަމަލީ ހައްލެއް ހޯދައިދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެޅުއްވި އެންމެ މުހިންމު ފިޔަވަޅަކީ، އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ހަމައެހެންމެ، މ. އަތޮޅާއި ލ. އަތޮޅު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ އަތޮޅުތަކުން އެސްޓީއޯ ރޭޓުގައި މަސްވެރި އުޅަނދުފަހަރަށް މިހާރު ތެޔޮ ދޫކުރަމުންދާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. މ. އަދި ލ. އަތޮޅުގައި އެސްޓީއޯގެ ފިއުލް ޝެޑްތައް ގާއިމުކުރުމަށްޓަކައި ވާންޖެހޭ އިދާރީ އަދި ފަންނީ ތައްޔާރީތައް ހަލުވި ދުވެލީގައި ކުރިއަށްދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ދެ އަތޮޅުންވެސް މި ހިދުމަތް މަސްވެރިންނަށް ލިބެން ފަށާނެ ކަމަށެވެ.

އާންމު މަސްވެރިންގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މި ލުއިފަސޭހަކަން ލިބިގެންދާނެހެން، ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
President_Dr
ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގޭ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި
HRHpvHrbYAA4QWr
ރާއްޖޭގެ 2 އަތޮޅެއް ފިޔަވައި، ހުރިހާ އަތޮޅަކުން، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ: ޝިޔާމް
A776C9BD-5A80-4C57-907F-4B71E6E9CFC2
ޕީއެސްއައިޕީގެ ދަށުން 4 ރަށެއްގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ފޮނުވުމުގެ މަސައްކަތް އާރްޑީސީން ފަށައިފި
big_I4w3fQ46sbpvpzI12kACPqm12
ގަލޮޅު ފުޓްސަލް ދަނޑު ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި، 120 ދުވަހުން މަސައްކަތް ނިންމާނެ!
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް