Tuesday, 1 September 2026
Ads by

ތެލުގެ ސަބްސިޑީ ހޯދުމަށް ”ފަހި ހަކަތަ“ ޕޯޓަލްގައި ރަޖިސްޓްރީވާން މަސްވެރި އުޅަނދުފަހަރަށް އަންގައިފި

ތެލުގެ ސަބްސިޑީ ހޯދުމަށް ”ފަހި ހަކަތަ“ ޕޯޓަލްގައި ރަޖިސްޓްރީވާން މަސްވެރި އުޅަނދުފަހަރަށް އަންގައިފި

ދޮށީ މަސްވެރިކަން ކުރަނީ---

މަސްވެރި އުޅަނދުފަހަރަށް ދޫކުރާ ތެލުގެ ސަބްސިޑީ ދިނުމުގެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި އެ ސަބްސިޑީއަށް އެދުމާއި ދޫކުރުމުގެ އެންމެހައި މުއާމަލާތްތައް ”ފަހި ހަކަތަ“ ޕޯޓަލް މެދުވެރިކޮށް ހަމަޖައްސަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، ޑިއުޓީ އުނިކޮށްފައިވާ ތެޔޮ މަސްވެރި އުޅަނދުފަހަރަށް ފޯރުކޮށްދިނުމަށް މިހާރު ވެސް ބޭނުންކުރަމުންދާ ”ފަހި ހަކަތަ“ ޕޯޓަލް، ތެލުގެ ސަބްސިޑީ ހޯދުމަށް ލާޒިމްކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ސަބްސިޑީ ފޯރުކޮށްދިނުމުގައި ދެފުށް ފެންނަ، ހަރުދަނާ އަދި އިންސާފުވެރި އުސޫލެއް ގާއިމުކުރުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން، ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް އެ ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާ އުޅަނދުތައް، މި ހިނގާ މަހުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ”ފަހި ހަކަތަ“ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒެކެވެ. މި ބަދަލާއެކު ސަބްސިޑީ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާވެ، ހުރިހާ މަސްވެރި އުޅަނދުފަހަރަށް އެއްވެސް ދަތިކަމެއް ނެތި މި ފުރުސަތު ފަހިވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
big_UWHKtplTRzIeYkVNR5M5R482z
ތެލުގެ ސަބްސިޑީ ހޯދުމަށް "ފަހި ހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވާން މަސްވެރި އުޅަނދުފަހަރަށް އަންގައިފި
shiyam
މިހާތަނަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކުރެވިފައި: ޝިޔާމް
IMG_8450
ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި އެޗްޑީސީން މުހިންމު މަޝްވަރާތަކެއް ކޮށްފި
Screenshot 2026-09-01 at 14.26
ރާއްޖޭގެ ޑޮލަރުގެ މައްސަލަ ހައްލުކުރުމާއި އިޤްތިޞާދީ ކުރިއެރުމުގައި ދިވެހި ފައިސާގެ ދައުރު
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް