Tuesday, 1 September 2026
Ads by

ފިރިހެން ކުއްޖަކު ގްރޫމުކުރުމުގެ ތުހުމަތު އޮތް މީހާގެ ފޯނުގައި އެތައް ސަތޭކަ ބަހަަރަނާ ވީޑިއޯއެއް، އަމިއްލަ ވީޑިއޯވެސް ހިމެނޭ

ފިރިހެން ކުއްޖަކު ގްރޫމުކުރުމުގެ ތުހުމަތު އޮތް މީހާގެ ފޯނުގައި އެތައް ސަތޭކަ ބަހަަރަނާ ވީޑިއޯއެއް، އަމިއްލަ ވީޑިއޯވެސް ހިމެނޭ

މޮބައިލް ފޯނުގައި އަމިއްލަ ބަހަރަނާ ފޮޓޯއާއި ވީޑިއޯ ހިމެނޭހެން ގިނަ އަދަދެއްގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ރައްކާކޮށްގެން ގެންގުޅުނު މީހަކު 18،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

Ad Image
Ads by

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ގްރީންލެންޑް، އަލީ އަހުމަދުގެ މައްޗަށެވެ.

މިއީ އުމުރުން ފަނަރަ އަހަރުގެ ފިރިހެން ކުއްޖަކު ގްރޫމްކޮށް، ޖިންސީ ގޯނާކުރަން އުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާގެ ފޯނު ހިފަހައްޓައި ފޮރެންސިކް ތަހުލީލު ކުރުމުން ފެންމަތިވި މައްސަލައެކެވެ.

އޭނާގެ ފޯނުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރާއި ބަރަހަނާ މަންޒަރު ހިމެނޭ ހަތް ޖީބީއަށް ވުރެ ގިނަ ޑޭޓާ ފެނިފައިވާ ކަމަށް ތަހުގީގުން ދައްކައެވެ. އޭގެ ތެރޭގައި 1،378 ވީޑިއޯއާއި 566 ފޮޓޯ ހިމެނެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން އަލީ އަހުމަދު ބުނެފައިވަނީ އެ ތަކެއްޗަކީ އޭނާއަށް ނޭނގި އަމިއްލައަށް ޑައުންލޯޑުވެފައިވާ ތަކެތި ކަމަށެވެ. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމަވާފައިވަނީ އެ ދިފާއު ބަލައިނުގަނެވޭނެ ކަމަށެވެ. ސަބަބަކީ އެ ތަކެތި ވަކި ފޯލްޑަރުތަކަކަށްލައި ރައްކާކޮށްފައި ހުރުމާއި، އެހެން ފަރާތްތަކަށްވެސް ފޮނުވާފައި ހުރުމުން، އެއީ އޭނާ ގަސްދުގައި ކޮށްފައިވާ ކަމެއްކަން ސާބިތުވާތީ ކަމަށް ހުކުމުގައި ވެއެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ރޭވުންތެރިކަމާއެކު ގިނަ އަދަދެއްގެ ތަކެތި ގެންގުޅެފައިވާތީ ކޯޓުން ވަނީ އަދަބުގެ ދަރަޖަ ތިން މަހަށް މަތިކޮށްފައެވެ. ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުންނާއި މިއީ އަނިޔާވެރި އަމަލެއް އެކުލެވިގެންނުވާ ކުށަކަށް ވާތީ، ޖަލު އަދަބު ވަނީ ފައިސާގެ އަދަބަކަށް ބަދަލުކޮށްފައެވެ.

އެގޮތުން ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި ހުކުމުގައިވަނީ 18،000ރ ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް އަންގާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
049-criminal-court-1200x630
ފިރިހެން ކުއްޖަކު ގްރޫމުކުރުމުގެ ތުހުމަތު އޮތް މީހާގެ ފޯނުގައި އެތައް ސަތޭކަ ބަހަަރަނާ ވީޑިއޯއެއް، އަމިއްލަ ވީޑިއޯވެސް ހިމެނޭ
dollar
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީސް ރެއިޑްކޮށްފި
Screenshot 2026-09-01 at 10.55
ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ
ADB4F491-4ECC-4C12-985B-4A125E762E73
ކަޅު ބަޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގެންފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް