Tuesday, 1 September 2026
Ads by

ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީސް ރެއިޑްކޮށްފި

ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީސް ރެއިޑްކޮށްފި

ޑޮލަރު---

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމުތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީހަށް ފުލުހުން ވަދެ ބަލައިފާސްކުރަން ފަށައިފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ، ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ފުލުހުން ރެއިޑްކޮށްފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ގަވައިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުއެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމެވެ. އެގޮތުން ގަވާއިދާ ހިލާފުވުމުގެ ސަބަބުން މަނީ އެކްސްޗޭންޖް ކުރާ ތަންތަނަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ މަސައްކަތް ވެސް އެމްއެމްއޭއިން މިހާރު އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އެކައުންޓްތަކުގައި ގިނަ އަދަދެއްގެ ޑޮލަރު ދައުރުކުރި ބިދޭސީންތަކެއް ވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
049-criminal-court-1200x630
ފިރިހެން ކުއްޖަކު ގްރޫމުކުރުމުގެ ތުހުމަތު އޮތް މީހާގެ ފޯނުގައި އެތައް ސަތޭކަ ބަހަަރަނާ ވީޑިއޯއެއް، އަމިއްލަ ވީޑިއޯވެސް ހިމެނޭ
dollar
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީސް ރެއިޑްކޮށްފި
Screenshot 2026-09-01 at 10.55
ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ
ADB4F491-4ECC-4C12-985B-4A125E762E73
ކަޅު ބަޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގެންފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް