Sunday, 25 October 2026
Ads by

ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ

ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ

ސްރީލަންކާގެ ކޯޓަކުން މަރުގެ ހުކުމެއް އިއްވާފައިވާ ދިވެހި ރައްޔިތެއް ކަމަށްވާ ޔުގީތު އިބްރާހީމް މިނިވަންކުރުމަށް އެ ގައުމުގެ އިސްތިއުނާފު ކޯޓުން އަމުރުކޮށްފި އެވެ.

Ad Image
Ads by

މި މައްސަލައަކީ 2018 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ބަންޑާރަނަޔަކެ އިންޓަނޭޝަނަލް އެއާޕޯޓުން ޔުގީތު ހައްޔަރުކުރުމާ ގުޅިގެން ފެށުނު މައްސަލައެކެވެ. ފުލުހުންގެ ނާކޮޓިކްސް ބިއުރޯއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އޭނާގެ ފޮށީގެ ތެރޭގައި ހެރޮއިން ހުރިކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.

ނިގަމްބޯ ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތަށްފަހު، މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މެރުމަށް ހުކުމްކުރި އެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ ދަށު ކޯޓުގެ ނިންމުމުގައި ގާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަމަށް ކަނޑައަޅާފަ އެވެ.

އިސްތިއުނާފު ޝަރީއަތުގައި ފާހަގަކކުރެވުނު ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށް ބޭނުންކުރި ލިޔެކިޔުންތައް ފުރިހަމަނުވުމާއި، އަތުލައިގަތް ކަމަށް ބުނާ ތަކެތީގެ ބަރުދަނާއި އެނަލިސްޓަށް ލިބުނު ބަރުދަނާ ދެމެދު ފުށުއެރުންތަކެއް ހުރުން ހިމެނެ އެވެ. އަދި ހެކީގެ ރައްކާތެރިކަން ގެއްލިފައިވުމާއި، ތަކެތި ސީލްކޮށް ބަރުދަން ކިރާފައި ނުވުން ފަދަ އިޖުރާއީ ބޮޑެތި މައްސަލަތައް ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.

މި ސަބަބުތަކާ ހުރެ ކުށުގެ ނިޔަތް ޔުގީތުގެ މައްޗަށް ސާބިތުކޮށްދިނުމަށް ދައުލަތް ނުކުޅެދިފައިވާ ކަމަށް އިސްތިއުނާފު ކޯޓުން ނިންމާފައިވެ އެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އޭނާ 8 އަހަރުގެ މުއްދަތަކަށް ބަންދުގައި ހުރުމާއި، މުހިންމު ހެކިތައް ނެތުމުން އަލުން ޝަރީއަތް ހިންގުމަކީ އިންސާފަކަށް ނުވާނެ ކަމަށް ކަނޑައަޅައި، ނިގަމްބޯ ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށްފަހު އޭނާ ވަގުތުން މިނިވަންކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9451
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް
20261024_235904
ޔަމަނުގެ ޢަދަންގެ އަސްކަރީ މަރުކަޒުތަކަށާއި އެއަރޕޯޓަށް ޙޫޘީން ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފި
Rape cases
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި
MIRA-1
ގްރީން ޓެކްސްގެ ސުންގަޑިތަކަށް މީރާއިން ބަދަލު ގެނެސްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި