”އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް“ ގެ ދަށުން އެމެރިކާގެ ސެންޓްކޮމް އިން އީރާނުގެ ތެޔޮ ބަނދަރުތަކަށް ވަދެނުކުމެވާ އުޅަނދުތައް ހުއްޓުވުމަށް ހިންގާ އަސްކަރީ އޮޕަރޭޝަންގައި، އީރާނުގެ ބަނދަރުތަކަށް ވަންނަން އުޅުނު 88 ތެޔޮ މަނަވަރެއް ހުއްޓުވައި، އަނބުރާ ފޮނުވާލައި ނުވަތަ ބަލައިފާސްކޮށްފިއެވެ.
އެމެރިކާގެ ސިފައިން އީރާނުގެ ތެލުގެ ވިޔަފާރި އެއްކޮށް ހުއްޓުވުމަށް ކަނޑުގެ ބްލޮކްއޭޑް ވަރުގަދަކޮށްފައިވާއިރު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު ވިޔަފާރި މަނަވަރުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކުރިން ދުވާލަކު 85 މަނަވަރު ދަތުރުކުރި ކަނޑުއޮޅިން މިހާރު ދަތުރުކުރަނީ ދުވާލަކު 5 މަނަވަރަށްވުރެ މަދު އަދަދެކެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.













