Saturday, 17 October 2026
Ads by

ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް ދައްޗެއް ނުވާނެ: ރައީސް

ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް ދައްޗެއް ނުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޭރު ފައިސާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރިސޯޓްތަކުގެ ހަރަދުތަކާއި ހިންގުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ފަހުން ފާސްކުރި 7 ބިލެއް ތަސްދީގުކުރެއްވުމަށްފަހު، އެ 7 ބިލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ގާނޫނަށް އިސްލާހު ގެންނަނީ، ފަންނީ ގޮތުން ކުރަންޖެހޭ މުހިއްމު ދިރާސާތައް ކުރުމަށްފަހުގައެވެ. މީގެ އިތުރުން އާމްދަނީގެ 40 އިންސައްތަ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް މާރުކުރި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް އެއްވެސް ދަތިކަމެއް ނައިސް އެކަން ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

”ހިސާބުތަކުން އެބަ ފެނޭ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން. ލޯނުތައް މުސާރަ އަދި ހަރަދު ކަނޑާފައި ޑޮލަރުން 40 ޕަސެންޓް ދެއްކޭނެ. މިއީ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަމެއް. 40 ޕަސެންޓަށް ބަދަލުވީމަ އެ ފައިސާ ބޭނުންކުރެވޭނީ ރާއްޖެއަށް އެތެރެކުރާ އަސާސީ މުދަލަށް ޓީޓީ ހެދުންފަދަ ކަންކަމަށް.“ – ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ، މިއީ ގައުމީ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިކަމުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވައިފައެވެ. އަދި މި ފައިސާއަކީ ރައްޔިތުންނަށް މަންފާވާ ފަދަ މުހިންމު ހިދުމަތްތައް ދިނުމަށް ބޭނުންކުރާނެ ފައިސާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރު ފައިސާގެ ގާނޫނު ބަދަލުކުރުމުގެ ކުރީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް 5.6 ޑޮލަރު ލިބިފައިވާ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަނީ އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށާއި މީގެތެރެއިން ބޭންކަށް މާރުކޮށްފައިވަނީ 21 އިންސައްތަ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ، މި ގާނޫނު އައުމުގެ ކުރިން މާރުކުރަމުން ދިޔައީ 10 އިންސައްތަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިފަދަ ގާނޫނެއްގެ ބޭނުމަކީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.

ކުރިން ގާނޫނު އޮތްގޮތުން، ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނުވަތަ މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. ނަމަވެސް، އަލަށް ގެނެވުނު އިސްލާހާއެކު، ކެޓަގަރީ-އޭ ގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި