Tuesday, 1 September 2026
Ads by

އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

މާލޭގެ މަގުމަތި--- ފޮޓޯ: އެކި އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެއްގަމު ދަތުރުފަތުރުގެ ބިލު ތަސްދީގުކުރައްވައިފިއެވެ. ރައީސް މި ބިލު ތަސްދީގުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad Image
Ads by

މި ބިލު ފާސްކުރައްވާފައިވަނީ، މި ހިނގާ އޮގަސްޓު މަހުގެ 26 ވީ ބުދަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ. މި ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމެވެ.

މި ބިލުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި، އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދިނުމާއި، ދުއްވުމާއި، މަޑުކުރުމާއި، ޕާކުކުރުމާއި، ބޭނުންކުރުމުގެ ހަމަތަކާއި، އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި، އަދި ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، މި ކަންކަމާ ގުޅޭ އިޖުރާތުތަކާއި އުސޫލުތައް ކަނޑައަޅައިފައިވެއެވެ.

މި ބިލުން، މާލޭ ސަރަޙައްދުގައި އާބާދީ ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ގްރޭޓަ މާލެ ސަރަޙައްދު ހަމަޖައްސައި، މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް ހިދުމަތް ދިނުމަށްޓަކައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި ހާއްސަ އޮފީހަކާއި، އެ ސަރަހައްދާ ގުޅޭ ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލުގެ ނަމުގައި އެޑްވައިޒަރީ ބޯޑެއް އުފައްދައި، އެއްގަމު ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމަށް ފަންޑެއް ވަނީ ގާއިމުކޮށްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ބިލަށް އަމަލުކުރަން ފަށާނީ، މި ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މިއާއެކު، ކުރިން އަމަލުކުރަމުން އައި ގާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 78/70 (މަގުމަތީގައި ހިނގާއުޅުމުގެ ގާނޫނު) އުވިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260901_081640
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ހުއްޓުވައި 88 ތެޔޮ މަނަވަރެއް ހުއްޓުވައިފި
Phase2_vinares
ވިނަރެސް ސަރަހައްދުގައި ހިނގި ނުރަައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ
muizzu press
ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް ދައްޗެއް ނުވާނެ: ރައީސް
Screenshot 2026-08-31 101355
އެސްޓީއޯއިން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް