Monday, 7 September 2026
Ads by

މަސްވެރިކަމުގެ ޤާނޫނަށް ގެނައި މުހިންމު އިސްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނައި މުހިންމު އިސްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

Ad Image
Ads by

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ގެނައި ބަދަލުތަކާއެކު، މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ.

މި އިސްލާޙުގެ ދަށުން ޤާނޫނަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ގޮތުގައި ކުރާ މަސްވެރިކަމަށް ޚާއްޞަ ބަނދަރުތައް (ސްޕޯޓްސް ފިޝިންގ ހާބަރ) ތަރައްޤީކޮށް ހިންގުމަށް ޤާނޫނީ ބާރުވެރިކަން ދިނުމެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިފަދަ ބަނދަރުތަކުގައި އުޅަނދުފަހަރަށް ޚިދުމަތް ދިނުމާއި، މަސް ޕްރޮސެސްކުރުމާއި، މަސްވެރިކަމުގެ އާލާތްތައް ވިއްކުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މީގެއިތުރުން، ޤާނޫނާ ޚިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޙިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކުށެއް ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ޙިމާޔަތްކޮށްފައިވާ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އުސޫލުތައްވެސް ވަނީ އެކުލަވާލާފައެވެ.

މި ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއެކު، މަސްވެރިކަމުގެ ދާއިރާ ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާއަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. މީގެ އިތުރުން ޤަވާޢިދާ ޚިލާފުވާ ބޭރުގެ އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައްވެސް މި އިސްލާޙާއެކު ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_8658
ހުރިހާ ދިވެހިންނަށް ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ: ރައީސް
IMG_9920
60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަނީ
C7E5040B-C92B-433B-B769-E19DA2B377F5
އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ
20260907_092501
ހޮރްމޫޒް ކަނޑުއޮޅި 'އެއްކޮށް ބަންދުކޮށް' އާ މިސައިލެއް އެމެރިކާގެ މަނަވަރަކަށް ޓެސްޓްކޮށްފިކަމަށް އީރާނުން ބުނެފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި