Tuesday, 1 September 2026
Ads by

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ބެހޭ އައު ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ބެހޭ އައު ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ދިވެހިރާއްޖޭގެ ފަޅުތަކާއި ފަޅުރަށްރަށް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ދޫކުރުމުގެ އުސޫލުތައް ކަނޑައަޅާ ބަޔާންކުރާ އައު ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

Ad Image
Ads by

މި ބިލަކީ މި ހިނގާ މަހުގެ 26 ވީ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، މީގެ ކުރިން އަމަލުކުރަމުން އައި ”ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު“ ވަނީ އުވިގެން ގޮސްފައެވެ.

އަލަށް ވުޖޫދުވި މި ޤާނޫނުގައިވާ ގޮތުން، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އިޤްތިޞާދީ އަދި އިޖުތިމާޢީ އެކި ބޭނުންތަކަށް ކަނޑައެޅުއްވުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ސިނާޢީ މަސައްކަތްތަކާއި ދައުލަތުގެ ބޭނުންތަކަށް ފަޅުރަށްރަށް އެކަށައެޅިދާނެއެވެ.

މި ޤާނޫނުގެ ދަށުން، ފަތުރުވެރިކަމާއި ސިނާޢީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ ރަށްތައް ފިޔަވައި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދޫކުރުމުގެ ބާރު ލިބިދީފައިވަނީ އެ ރަށެއްގެ ކައުންސިލަށެވެ. އަދި އެކި ބޭނުންތަކަށް ފަޅުތައް ކުއްޔަށް ދޫކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެ ފަޅަކާ ހަވާލުވެފައިވާ ކަމާބެހޭ ވުޒާރާއަކަށެވެ. ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ބޮޑެތި އަދި މެދުފަންތީގެ ސިނާޢީ މަސައްކަތްތަކަށާއި، މަދުވެގެން އެއް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހިމެނޭ އިޤްތިޞާދީ މަސައްކަތްތަކަށެވެ.

ވިޔަފާރީގެ ބޭނުމަށް ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުނިތަކަށެވެ. އަދި ވިޔަފާރި ނޫން އެހެނިހެން ބޭނުންތަކަށް އަމިއްލަ ފަރުދުންނަށާއި ޖަމްޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 21 އަހަރެވެ. ނަމަވެސް، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ޖުމްލަ 50 އަހަރަށްވުރެ ދިގުނުވާނޭހެން މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ފަޅުރަށްރަށުގެ އެކުއިޒިޝަން ފީ ކަނޑައަޅާނީ މާލީ ވުޒާރާއިންނެވެ.

ވަކި ޚާއްޞަ ބޭނުމަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ގިނަވެގެން 5 އަހަރުގެ މުއްދަތަކަށް ވަރުވާއަށް ދޫކުރެވޭނެ ކަމަށާއި، އެ މުއްދަތު އިތުރުކުރެވޭނީވެސް އިތުރު 5 އަހަރަށް ކަމަށް މި ޤާނޫނުގައިވެއެވެ.

މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، ވަރުވާއަށް ދޫކޮށްފައިވާ ރަށެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ ބައި މިލިއަން (500،000) ރުފިޔާއާ ހަމައަށް، އަދި ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ އެއް މިލިއަން (1،000،000) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

ކުރީގެ ޤާނޫނުގެ ދަށުން މިހާތަނަށް ވެފައިވާ އެއްބަސްވުންތައް ސައްޙަވާނެ ކަމަށާއި، ނަމަވެސް ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލުތައް ފިޔަވައި އެހެނިހެން ހުރިހާ މާއްދާތަކެއް އެ އެއްބަސްވުންތަކުގެ މައްޗަށްވެސް ހިނގާނެ ކަމަށް އަލަށް ޢަމަލުކުރަން ފެށި މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260901_081640
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ހުއްޓުވައި 88 ތެޔޮ މަނަވަރެއް ހުއްޓުވައިފި
Phase2_vinares
ވިނަރެސް ސަރަހައްދުގައި ހިނގި ނުރަައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ
muizzu press
ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް ދައްޗެއް ނުވާނެ: ރައީސް
Screenshot 2026-08-31 101355
އެސްޓީއޯއިން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް