Saturday, 24 October 2026
Ads by

ބްރިޖުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހެއްގެ ލައިސެންސް ހިފަހައްޓައި، ޖޫރިމަނާކޮށްފި

ބްރިޖުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހެއްގެ ލައިސެންސް ހިފަހައްޓައި، ޖޫރިމަނާކޮށްފި

ބްރިޖުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ---

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ދެނެގަނެ، އެ މީހާއާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

Ad Image
Ads by

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އެކަން ބަލައި، އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، އެހެން މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުންވާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާ މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށްފައިވާ ކަމަށެވެ.

އަދި އެ އުޅަނދު ދުއްވި މީހާގެ ލައިސެންސް ހިފަހައްޓައި އޭނާ ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ސިނަމާލެ ބްރިޖާއި އެ ބްރިޖާ ގުޅޭ މަގުތަކުގެ އިތުރުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ނުރައްކާތެރިކޮށް ސައިކަލާއި ކާރު ދުއްވުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް މިފަދަ އަމަލުތަކުގެ ސަބަބުން ގިނަ ފަހަރަށް ހިތާމަވެރި ހާދިސާތައް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި