Monday, 9 February 2026
Ads by

“ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަކީ އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް”

“ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަކީ އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް”

ރަފާ ސަރަޙައްދަށް އިސްރާއިލުން ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުން ކާނާ ހޯދުމަށް ސަފު ހަދާފައި - ފޮޓޯ:ހާތިމް ޢަލީ/އޭޕީ

ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާ އާ ގުޅިގެން އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަހަރެމެން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by MN Maldives

ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނެފައި ވަނީ މިއަދު އިސްލާމީ އުންމަތާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑު ކަމަށެވެ. ފަލަސްޠީނަކީ ޝާމްކަރައިގެ ބައެއް ކަމަށާއި އެއީ އިސްލާމީ ހިދާޔަތާއި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާ ގުޅިފައިވާ ފަސްގަނޑު ކަމަށެވެ. އެއީ އިސްލާމީ އުންމަތުގެ ކަރާމާތާ ގުޅިފައިވާ ފަސްގަނޑެއް ކަމަށެވެ.

“ފަލަސްޠީނާއި ބައިތުލްމަޤްދިސާއި އަލްމަސްޖިދުލްއަޤްޞާގެ ވާހަކަ ދެކެވޭއިރު، އިސްރާ އާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ކޮންމެ މުސްލިމެއްގެ ހަނދާނަށް އަންނާނެކަން ކަށަވަރެވެ. އިސްރާ އާއި މިޢުރާޖުގެ މުޢުޖިޒާތަކީ ކީރިތި ރަސޫލާ ﷺ ގެ ނުބުއްވަތުގެ ތެދުކަން ހާމަކުރެއްވުމަށާއި އިތުރު އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށް ޓަަކައި މާތް ﷲ އިތުުރު އެކަލޭގެފާނަށް ދެއްވި ވަރަށް މަތިވެރި މުޢުޖިޒާތެކެވެ. އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްޠީނު ވަކިވެގެން ނުދާނެ ކަމެވެ. އިސްރާއަކީ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ރޭގަނޑުން ބައެއްގައި އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅެވެ. މިޢުރާޖަކީ އަލްމަސްޖިދުލްއަޤްޞާއިން މަލަކޫތީ ޢާލަމަށް އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅެވެ. މައްކާ އާއި ބައިތުލްމަޤްދިސަކީ ގުޅިލައިމެހިފައިވާ، ތައުޙީދުގެ ރިސާލަތުގެ ދެ ދަންމަރެވެ.”

އަލްމަސްޖިދުލްޙަރާމާއި އަލްމަސްޖިދުލްއަޤްޞާ އާ ދެމެދު އޮތީ، ދުނިޔެ ދެމި އޮތްހައި ހިނދަކު ނިމުމެއް ނުވާ ވަރުގަދަ ގުޅުމެއްކަން ފާހަގަކޮށް ހުކުރު ޚުޠުބާގައި ބުނީ އަލްއަޤްޞާ ވަށައިގެން ވަނީ ބަަރަކާތްލެއްވިގެންވާ ތަންތަން ކަަމަށެވެ. އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް ﷲ އަށް އަޅުކަން ކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅު ކަމަށާއި އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމަށެވެ. އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މި އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަ ކަމަށެވެ. އަލްއަޤްޞާ މިސްކިތް، މިނިވަން ކުރުމަށް ޓަކައި މަސައްކަތް ކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.

މިއަދުގެ ޚުޠުބާގައި ބުނި ގޮތުގައި މުސްލިމުންގެ ހައިސިއްޔަތުން އަހަރެމެންނަށް ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރަން ޖެހޭ އަޚުލާޤީ ވާޖިބުތަކެއްވާ ކަމުގައެވެ. ފަލަސްޠީނުގެ ދިފާޢުގައި އަޑު އުފުލުމާއި ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާ ކުރުމާއި އިންސާނީ ގޮތުން އެހީތެރިވުމަށް އަހަރެމެން އެންމެން އަތުގުޅާލަން ޖެހޭ ކަމުގައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާ އާ ގުޅިގެން އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަހަރެމެން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް ކަމުގައެވެ. މާތް ﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫން ކަމުގައެވެ.

ފެށިގެން މި ދަނީ ޙައްޖު މަހުގެ މާތް ދުވަސްތައްކަން ފާހަގަކޮށް ހުކުުރު ޚުޠުބާގައި ބުނީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެންމެ މުހިންމު އަޅުކަންތައް އެއްވާ މާތް ދުވަސްތަކެއް ކަމަށެވެ. ނަމާދާއި ރޯދަ އާއި ޙައްޖާއި ޞަދަޤާތާއި ﷲ އަށް ޓަކައި ޤުރުބާންކުރުން ފަދަ ކިތަންމެ ހެޔޮ ކަމެއް އެއްވާ ދުވަސްތަކެއް ކަމަށެވެ. މި ދުވަސްތަކުގައި އިސްތިޣުފާރު ކުރުމާއި އުންމަތަށް ނަޞްރު ދެއްވުން އެދި ދުޢާ ކުރުމަށާއި ޚާއްޞަކޮށް ޙައްޖުގެ ދުވަސްވަރު، ޢަރަފާތު ދުވަހު ފަލަސްޠީނަށް ޓަކައި ހެޔޮ ދުޢާ ކުރުމަށާ އަދި އަލްމަސްޖިދުލްޙަރާމްގައި ނަމާދުކުރަމުންދާ އަޚުންނާއި އުޚުތުން ވެސް އަލްމަސްޖިދުލްއަޤްޞާ މަތިން ހަނދުމަކޮށް އެތަނަށް ޓަކައި ދުޢާ ކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނާ މެދު އަހަރެމެން ދިވެހީންގެ ހިތްތަކުގައި ލޯތްބާއި ހަމްދަރުދީ އާއި އުޚުއްވަތްތެރިކަން ވަނީ ބިންވަޅު ނެގިފައި ކަމަށާއި ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖޭން އަދާކުރަމުން ދަނީ ނަމޫނާ ދައުރެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
new
ސްޕެއިންގެ ކޯޗަކާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފުޓްބޯޅަ އެކަޑަމީ ރަސްމީކޮށް އިއުލާނުކޮށްފި
cbm
1895 ޕޮއިންޓާއެކު މިދިޔަ އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔަކަށް ރިޒާން
halal tourism
ހަލާލް ޓޫރިޒަމް މޮޑެލްއަށް ދެކުނުގައި ދެ ރިސޯޓެއް ތަރައްޤީކޮށް ހިންގަން ހުޅުވާލައިފި
pakistan
ޕާކިސްތާނުގެ މިސްކިތް ގޮއްވާލި ހަމަލާ ރޭވި މީހާ ހައްޔަރަށް!
Ads by
މަގުބޫލު
pnf meeting
ކައުންސިލް އިންތިޚާބުގަ ޕީއެންއެފުން ވާދައެއްނުކުރޭ، ތާއީދުކުރާ ކެންޑިޑޭޓުން ވާދަކުރަނީ އަމިއްލަގޮތުން!
breaking
އިބޫ ސޯލިހު ފޯޅަވަހި ދޫކޮށްލަން ފޮނުވި ސިޓީ އަނބުރާ ގެނައުމަށް އެދި ލިޔުނު ސިޓީގައި ރައީސް ސޮއިކުރައްވައިފި
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
muizzu riyaasee bayaan
ފުރަތަމަ ފަހަރަށް ރަސްމީ ރިޒާވަށް 1.1 ބިލިއަން ޑޮލަރު، މިއީ ތާރީޚީ އަދަދެއް: ރައީސް
pnf meeting
ކައުންސިލް އިންތިޚާބުގަ ޕީއެންއެފުން ވާދައެއްނުކުރޭ، ތާއީދުކުރާ ކެންޑިޑޭޓުން ވާދަކުރަނީ އަމިއްލަގޮތުން!
breaking
އިބޫ ސޯލިހު ފޯޅަވަހި ދޫކޮށްލަން ފޮނުވި ސިޓީ އަނބުރާ ގެނައުމަށް އެދި ލިޔުނު ސިޓީގައި ރައީސް ސޮއިކުރައްވައިފި
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
muizzu riyaasee bayaan
ފުރަތަމަ ފަހަރަށް ރަސްމީ ރިޒާވަށް 1.1 ބިލިއަން ޑޮލަރު، މިއީ ތާރީޚީ އަދަދެއް: ރައީސް