Monday, 22 July 2024
Ads by

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސްގެ ދެކަނބަލުން ފައްޓަވައިދެއްވައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސްގެ ދެކަނބަލުން ފައްޓަވައިދެއްވައިފި

ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަނބިކަނބަލުން ސާޖިދާ މުހައްމަދު  ފައްޓަވައިދެއްވައިފިއެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، 5 މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްދެއްވީ، މިއަދު ހެނދުނު ލޮނިޒިޔާރާތް ޕާކުގައި އޮތް އެ ރަސްމިއްޔާތެއްގައެވެ.

ރައީސްގެ ދެ ކަނބަލުންގެ އިތުރުން ނާއިބު ރައީސްގެ ދެކަނބަލުންނާއި ވަޒީރުންނާއި، އެންބެސެޑަރުން ވަނީ މި ހަރަކާތުގެ ތެރެއިން ގަސް އިންދުމުގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ.

އެގޮތުން ލޮނުޒިޔާރަތް ޕާކުގެ އެކި ސަރަހައްދު ތަކުގައި އެބޭފުޅުން ގަސް އިންދާފައިވެއެވެ. އޭގެ ތެރޭގައި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަހާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަހާއި، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކިބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭހެން 22 ބާވަތުގެ ގަސް އިންދާފައި ވެއެވެ.

އޭގެ ތެރޭގައި ކާބޮލި އަރޮޅި، ޗަމްޕާ ޕޫލު ގަސް، މެހެލި ގަސް، ތަނޑިރަތްމާ ގަސް، ކަހަރުވައް ގަސް، ކިޔަވާފިލާ ގަސް، މަރުގަސް، ޖަވާހިރުމާ ގަސް، ކާމިނީ ޕޫލު ގަސް، ދޮންބެއްޔާ ގަސް، ސަބުދެލި ގަސް، އަނޯނާ ގަސް، ހިތި ގަސް، މަދޮށި ގަސް، ސައްކެޔޮ ގަސް، އަނބުޅަ ގަސް، ކީރަންމާ ގަސް، ހަޒާރުމާ ގަސް، ބުރަފަތިމާ ގަސް އަދި 3 ވައްތަރެއްގެ ޗާންދަނީމާ ގަސް ހިމެނެ އެވެ.

އަދި ރަސްމިއްޔާތުގައި ރައީސް ވަނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހުކޮށްދެއްވާފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި އެ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fayyaz4
ވޯޓުލާން ނިކުތީ މަދުބައެއް، ނަތީޖާއާއި މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
DSC_2970
މުސްތަޤްބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް މިކަންކަމަށް ސަމާލުކަންދީ!
old-hands
ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!
Ads by
މަގުބޫލު
report 1
ރައީސް ނަޝީދު އެމްޑީޕީން ވަކިވުން, ސިޔާސީ މަޝްރަޙަށް އައި އިންގިލާބީ ބޮޑު ބަދަލެއް!