Saturday, 24 October 2026
Ads by

އިންޑިއާގެ ކޮލެޖެއްގައި ޙިޖާބާ ދެކޮޅަށް ހަރުކަށި ހިންދޫ ދަރިވަރުންތަކެއް މުޒާހަރާކޮށް މުސްލިމް ދަރިވަރުންތަކަކަށް ޙަމަލާދިނުމުން ކޮލެޖުން ޙިޖާބު މަނާކޮށްފި

އިންޑިއާގެ ކޮލެޖެއްގައި ޙިޖާބާ ދެކޮޅަށް ހަރުކަށި ހިންދޫ ދަރިވަރުންތަކެއް މުޒާހަރާކޮށް މުސްލިމް ދަރިވަރުންތަކަކަށް ޙަމަލާދިނުމުން ކޮލެޖުން ޙިޖާބު މަނާކޮށްފި

އިންޑިއާގެ އަސާމް ސްޓޭޓްގެ ސިލްޗާރުގައި ހުންނަ ކަޗާރު ކޮލެޖުގައި މުސްލިމް އަންހެން ދަރިވަރުންތަކަކަށް ޖިސްމާނީ ގޮތުން ހަމަލާދީ، އެކުދިންގެ ހިޖާބު ބޭލުވުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ހިންދޫ ދަރިވަރުންގެ ޖަމާޢަތެއް ކަމަށްވާ އޭބީވީޕީގެ މައްޗަށް ކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކޮލެޖުގެ ހުއްދައާއެކު ކޭމްޕަސް ތެރޭގައި އެން.އެސް.ޔޫ.އައި އިން ކުރިއަށްގެންދިޔަ މެމްބަރޝިޕް ހަރަކާތެއްގެ ތެރެއިންނެވެ.

Ad Image
Ads by

އަނިޔާ ލިބުނު މުސްލިމް ދަރިވަރުން ބުނެފައިވާ ގޮތުގައި، އޭބީވީޕީގެ ގްރޫޕަކުން ވަނީ އެކުދިން ތިބި ސަރަޙައްދަށް ގޮސް، ހިޖާބަށް ފާޑުކިޔައި، ޙިޖާބުގެ އަޑީގައި އިޔަރބަޑްސް ލައްވައިގެން ތިބިކަމަށް ބުނެ ދޮގު އިލްޒާމުތަކެއް އަޅުވާފައެވެ. މައްސަލަ ހޫނުވެ، އޭބީވީޕީގެ މެމްބަރުން ވަނީ މުސްލިމް އަންހެން ކުދިންގެ ޙިޖާބަށް ދަމައި، ޖިސްމާނީ ގޮތުން ހަމަލާދީފައެވެ. އަދި އެތަނުގައި ތިބި ބައެއް ފިރިހެން ދަރިވަރުންނަށްވެސް ވަނީ އަނިޔާކޮށްފައެވެ. މީގެ ބަދަލުގައި އެކޮލެޖުންވަނީ އޭގެ ޔުނީފޯމް ކޯޑު ތަންފީޒުކުރުމުގެ ނަމުގައި ޙިޖާބު މަނާކޮށްފައެވެ.

އޭބީވީޕީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ކަޗާރު ކޮލެޖުގެ ޕްރިންސިޕަލް ޑރ. އަޕްރަތިމް ނާގް ވަނީ އެން.އެސް.ޔޫ.އައި ގެ ހަރަކާތް ކުރިއަށް ގެންދިޔައީ ހުއްދަ ލިބިގެންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މިހަމަނުޖެހުމާ ގުޅިގެން ކޮލެޖުން މިހާރު ވަނީ ކޮލެޖުގެ ރަސްމީ ޔުނިފޯމް ކޯޑު ވަރަށް ހަރުކަށިކޮށް ތަންފީޒުކުރުމަށް ނިންމާފައެވެ. މިހަމަނުޖެހުން ހިނގާފައި މިވަނީ، ކޮލެޖު ތެރޭގައި ޙިޖާބާއި ތާކިހާ އެޅުން މަނާކުރުމަށް އެދި ދަރިވަރުންގެ ބަޔަކު ކަޗާރު ޑިސްޓްރިކްޓް ކޮމިޝަނަރަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި