Tuesday, 1 September 2026
Ads by

އިންޖީނިއަރިންގގެ ދާއިރާއިން ކިޔަވައިގެން ތިބި ދިވެހިންނަށް ރާއްޖެއިން ވަޒީފާ ލިބެންނުޖެހޭ ސަބަބެއް ނެތް: ރައީސް

އިންޖީނިއަރިންގގެ ދާއިރާއިން ކިޔަވައިގެން ތިބި ދިވެހިންނަށް ރާއްޖެއިން ވަޒީފާ ލިބެންނުޖެހޭ ސަބަބެއް ނެތް: ރައީސް

އިންޖީނިއަރިންގގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނާ ރައީސް މުޢިއްޒު ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ޒުވާން ދިވެހި އިންޖީނިއަރުންނަށް ވަޒީފާ ލިބެންނުޖެހޭ އެއްވެސް ސަބަބެއް އޮވެގެންނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި އިންޖީނިއަރިންގގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމުގެ ތަރައްގީއަށް ޒުވާން ދިވެހި އިންޖީނިއަރުންގެ ދައުރު ނުހަނު މުހިންމު ކަމަށާއި، ބޭނުންފުޅުވަނީ ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ ދަރިވަރުން އެދޭ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ކިޔެވުމުގައާއި އަމަލީ މައިދާނުގައި ދިމާވާ ދަތިތައް، ރައީސް މުޢިއްޒުއާ ހިއްސާކޮށްފައެވެ. އެގޮތުން ލެބޯޓަރީއާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ނެތުމުގެ ސަބަބުން އަމަލީ ތަޖުރިބާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާކަން ދަރިވަރުން ފާހަގަކުރިއެވެ. އަދި އާކިޓެކްޗަރ ދަރިވަރުންނަށް ހާއްސަ ސްޓޫޑިއޯތައް ނެތުމާއި، ރާއްޖޭގައި އެ ދާއިރާއިން މާސްޓަރސް ލެވެލްއަށް ކިޔެވޭނެ އިންތިޒާމު ނެތުމުގެ މައްސަލަ ދަރިވަރުން ފާހަގަކުރިއެވެ. މީގެއިތުރުން، ގަވާއިދާ ހިލާފަށް ބިދޭސީންނަށް ވަޒީފާގެ ފުރުސަތުތައް ލިބެމުންދާތީ، ސަނަދު ލިބިފައިވާ ދިވެހި އިންޖީނިއަރުންނަށް ވަޒީފާ ހޯދުމަށް ހުރި ދަތިތައް ވެސް އެ ދަރިވަރުން ވަނީ ރައީސް މުޢިއްޒުއާ ހިއްސާކޮށްފައެވެ.

ދަރިވަރުންގެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، ސިޔާސަތެއްގެ ގޮތުގައި އިންޖީނިއަރުންގެ ދުވަސް ފާހަގަކުރަން ނިންމެވީ ވެސް މި ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައިކަން ފާހަގަކުރައްވައިފައެވެ. އަދި ޒުވާން، ދިވެހިން މި ދާއިރާއިން ކިޔަވައިގެން ނިކުތުމުން ވަޒީފާ ނުލިބޭންވީ ސަބަބެއް އޮވެގެންނުވާނެ ކަމަށާއި، ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ފަސޭހައިން ވަޒީފާ ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދަރިވަރުންނަށް ދެއްވައިފައެވެ.

”ރާއްޖޭގެ ތަރައްގީއަށް ބަލާއިރު ވަރަށް މުހިންމު އެކި ކަހަލަ އިންޖީނިއަރިންގ ފީލްޑްތަކުން ވީހާވެސް ގިނަ ދިވެހިން ކިޔަވައިގެން ނުކުމެ ރާއްޖެއަށް ހިދުމަތް ކުރަން. ބޭރު މީހުންނެއް ނޫން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ދިވެހިން ރާއްޖޭގެ ހުރިހާ އިންޖީނިއަރިންގ ދާއިރާތަކުން މަސައްކަތްކުރަން. އެއީ އަޅުގަނޑު މަސައްކަތް ކުރާނެގޮތަކީ،“ – ރައީސް ވިދާޅުވިއެވެ.

އަދި ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖީނިއަރިންގ ދާއިރާއަށް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޔުނިވަރސިޓީ ތެރެއިން ރަނގަޅު ތައުލީމީ ފުރުސަތުތަކާއި ވަސީލަތްތައް ހަމަޖައްސަވައިދެއްވައި، ދާއިރާގެ ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖީނިއަރުންގެ ދުވަސް“ ކަމުގައި ރައީސް މުޢިއްޒު ހަމަޖެއްސެވީ، މިދިޔަ 2025 ވަނަ އަހަރުގައެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖީނިއަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
049-criminal-court-1200x630
ފިރިހެން ކުއްޖަކު ގްރޫމުކުރުމުގެ ތުހުމަތު އޮތް މީހާގެ ފޯނުގައި އެތައް ސަތޭކަ ބަހަަރަނާ ވީޑިއޯއެއް، އަމިއްލަ ވީޑިއޯވެސް ހިމެނޭ
dollar
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީސް ރެއިޑްކޮށްފި
Screenshot 2026-09-01 at 10.55
ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ
ADB4F491-4ECC-4C12-985B-4A125E762E73
ކަޅު ބަޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގެންފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް