Tuesday, 1 September 2026
Ads by

ރާއްޖެއަށް ވަންނަ ބޭރު ފައިސާއަކީ ވަކި ފަރުދެއްގެ އެއްޗެއް ނޫން، އެއީ ދައުލަތުގެ މިލްކެއް: އިބްރާ

ރާއްޖެއަށް ވަންނަ ބޭރު ފައިސާއަކީ ވަކި ފަރުދެއްގެ އެއްޗެއް ނޫން، އެއީ ދައުލަތުގެ މިލްކެއް: އިބްރާ

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާ---

ދިވެހިރާއްޖެއަށް އެކި ގޮތް ގޮތުން ވަންނަ ބޭރު ފައިސާއަކީ ވަކި ފަރުދެއްގެ ނުވަތަ ވަކި ބައެއްގެ އެއްޗެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ މިލްކެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިބްރާ މި މޭރުމުން ވިދާޅުވީ، ސަރުކާރުން މިފަހުން ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުތަކަށް ތާއީދުކުރައްވާ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އިބްރާ ވިދާޅުވީ، މީގެ ދެ ތިން އަހަރު ކުރިން ބުނި ބަހުގައި މިއަދު ވެސް ހިފަހައްޓަވާނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާއަކީ ވަކި ފަރުދެއްގެ އެއްޗެއް ނޫން ކަމަށާއި އެއީ ދައުލަތުގެ މިލްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ދައުލަތަށް ދޭންޖެހޭ ކަމަށާއި، އެއަށްވާ އަގު އެގެނައި ފަރާތަކަށް ދިވެހި ރުފިޔާއިން ދައުލަތުން ދޭންޖެހޭނެ ކަމަށެވެ. ހަމައެހެންމެ، ވިޔާފާރިއާ އެހެނިހެން ބޭނުންތަކަށް ބޭރު ފައިސާ ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅި އާންމުކޮށްފައިވާ އުސޫލަކުން، ދައުލަތުން އެ ފައިސާ ދޫކުރާންވާނެ ކަމަށާއި މި އުސޫލުގެ ދަށުން ކަންކަން ހިންގޭނަމަ، މުހިއްމު އެކި ބޭނުންތަކަށް ވާވަރަށް ބޭރު ފައިސާ ރާއްޖެއަށް ވަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިބްރާ މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކްތަކަށް މާރުކުރުން ލާޒިމުކުރާ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ވަނީ މިފަހުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެއާއެކު ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ހޯދާ ހުރިހާ ފަރާތަކުން މި ގާނޫނަށް އަމަލުކުރަންޖެހޭނެއެވެ. މި ގާނޫނަށް 1 ސެޕްޓެމްބަރު 2026 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ޑޮލަރުގެ ތާށިކަން އިތުރުވުމާ ގުޅިގެން އެކަން ހައްލުކުރުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ތަންފީޒީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ވެސް ވަނީ ބުނެފައެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި އެތެރޭގެ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރާނީ، ބޭނުންވާ ކުދިކުދި އިސްލާހުތައް ތަންފީޒުކޮށް އިގުތިސާދަށް އަންނަ ބަދަލުތައް ފުރިހަމައަށް ދިރާސާކުރުމަށްފަހުގައި ކަމަށެވެ. އަދި 2030 ވަނަ އަހަރާއި ހަމައަށްދާއިރު، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި އިގުތިސާދުގައި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ދުރުރާސްތާ ތަސައްވުރެއް އެކުލަވައިލާފައިވާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ހަމައެހެންމެ، ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ކަނޑައެޅުމަކީ ވެސް އެމްއެމްއޭގެ އަމާޒެއް ކަމަށާއި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތަކީ ޑޮލަރަށް ބަރޯސާވެފައި އޮންނަ ސިނާއަތެއް ކަމުން، މި ބަދަލު ގެންނާނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ހަމައެހެންމެ، އަދިހަމައެހެންމެ އެ ދާއިރާގެ އަގުތައް މުޅިން ރުފިޔާއަށް ބަދަލުކުރުމުގެ ކުރިން ސިޔާސަތުތަކަށާއި ހިންގުމުގެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭއިރު، މީގެ ތެރޭގައި ޑޮލަރުން ދައްކަމުންދާ ޓެކްސްތަކާއި ފީތައް މުރާޖައާކޮށް، އެ ފައިސާ ވެސް ދިވެހި ރުފިޔާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އައްޔަ
އައްޔަ
1 ދުވަސް ކުރިން

އެއީ ދައުލަތުގެވެސް އެއްޗެއްނޫން ޢެއީ އިނުރާގެ ތަރިކަ މުދަލެއް

Ads by
ފަހުގެ ޚަބަރު
20260901_081640
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ހުއްޓުވައި 88 ތެޔޮ މަނަވަރެއް ހުއްޓުވައިފި
Phase2_vinares
ވިނަރެސް ސަރަހައްދުގައި ހިނގި ނުރަައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ
muizzu press
ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް ދައްޗެއް ނުވާނެ: ރައީސް
Screenshot 2026-08-31 101355
އެސްޓީއޯއިން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް