Tuesday, 1 September 2026
Ads by

ހުޅުމާލެ ހޮސްޕިޓަލުގައި މުހިއްމު 3 ހިދުމަތެއް ރަސްމީކޮށް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި މުހިއްމު 3 ހިދުމަތެއް ރަސްމީކޮށް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި މުހިއްމު 3 ހިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ފެށި 3 ހިދުމަތަކީ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތެވެ. މި ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު ޤީލާ ޢަލީއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި މި ހިދުމަތްތައް ފެށުމުގެ ގޮތުން މިނިސްޓަރު ވަނީ ނިއުރޯ ސައިންސް ޔުނިޓް ހުޅުވާދެއްވައިފައެވެ. މިނިސްޓަރު ޤީލާ ވިދާޅުވީ، މި ހިދުމަތްތަކަކީ އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް ދެމުންދާ ޚިދުމަތްތަކެއްކަމަށެވެ. ނަމަވެސް މި ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮންނަ ބާރު ކުޑަކުރުމުގެ ގޮތުންކަމަށެވެ. މިވަގުތުވެސް ވެއިޓްލިސްޓްގައި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަމާޒަކީ ވެއިޓްލިސްޓް ކުޑަކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިއުން މަދުކުރުންކަމަށެވެ.

”މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އަހަރެއްގެ މައްޗަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރޭ. އުންމީދުކުރަނީ އެކަން މިއަށް ވުރެ ފަސޭހަކަމާއެކު ރާއްޖޭގައި ތިބެގެން ފޯރުކޮށްދިނުން. ރައީސްގެ އަމާޒަކީ މިފަދަ ސްޕަޝަލިސްޓް ޚިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޤާއިމްކޮށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން“ ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ގިނަ ސްޕެޝަލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާކަމަށެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި ހުޅުމާލޭގައި މިއަދު ތަޢާރަފްކުރި ޚިދުމަތްތައް ހޯދުމަށް ދާން ޖެހެނީ އައިޖީއެމްއެޗްއާއި ދަރުމަވަންތައް ހޮސްޕިޓަލަށްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

”ނިއުރޮލޮޖީގެ ޚިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީގެ ޚީދުމަތްވެސް ލިބޭނެ. ޔޫރޮލަޖީގެވެސް ކޮންސަލްޓޭޝަން އަދި ޔޫރޫފްލެމެޓަރީފަދަ ޓެސްޓްތައް ހެދޭނެ. ގޭސްޓްރޯއެންޓޮލަޖީގެ ޚިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ ޚިދުމަތް ފަށައިގެން މިދަނީ. މީގެ ނަތީޖާއަކީ ކޮންސަލްޓޭޝަންގެ ޚިދުމަތް ހޯދާފައި އިންޓަރވެންޝަނެއް ހަދަންޖެހިއްޖެނަމަ އެކޮޅަނަށް ރިފާކުރެވޭނެ . ކައިރި މުސްތަޤުބަލެއްގައި ޕްލޭންއަކީ ގޭސްޓްރޯއިންޓޮލަޖީގެ އިންޑެސްކޯޕީ ކްލޮނޮސްކޮޕީގެ ޚިދުމަތަތއް ދެވޭނެ އިންތިޒާމަތައް މެދުވެރިވުން.“ މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ނިއުރޯ ސައިންސް ޔުނިޓްގައި ހިމެނޭ އީއީޖީގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އަދި މެންދުރު 2 ޖެހުމާއަށް ނަންނޯޓް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ޚިދުމަތްތައް އިތުރުކުރުމަށްޓަކައި މިދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިންގ ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓާއި، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އައިސީޔޫގެ އިތުރުން 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260901_081640
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ހުއްޓުވައި 88 ތެޔޮ މަނަވަރެއް ހުއްޓުވައިފި
Phase2_vinares
ވިނަރެސް ސަރަހައްދުގައި ހިނގި ނުރަައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ
muizzu press
ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް ދައްޗެއް ނުވާނެ: ރައީސް
Screenshot 2026-08-31 101355
އެސްޓީއޯއިން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް