Friday, 4 September 2026
Ads by

ހޫދުގެ ޓެރަރިޒަމް ދައުވާތައް ހައިކޯޓުގައި އިސްތިޢުނާފުކުރުން: މައިގަނޑު ނުކުތާއަކީ އިބޫ ސަރުކާރުން ފޯނު ހުޅުވީ ކިހިނެތް؟

ހޫދުގެ ޓެރަރިޒަމް ދައުވާތައް ހައިކޯޓުގައި އިސްތިޢުނާފުކުރުން: މައިގަނޑު ނުކުތާއަކީ އިބޫ ސަރުކާރުން ފޯނު ހުޅުވީ ކިހިނެތް؟

ފޯނުން ފެނުނު ތަކެތީގެ މައްޗަށް ޓެރަރިޒަމް ދަޢުވާ ސާބިތުވެ 23 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ހޫދު މުޙައްމަދު ޒާހިރު (ސްކްރީން ގްރެބް)

ޓެރަރިޒަމްގެ ކުށްތަކެއް ސާބިތުވެ 23 އަހަރަށް ޖަލަށްލާފައިވާ ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބަލައިގަނެފިއެވެ. މި މައްސަލައިގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ ނިމިދިޔަ އިބޫ ސޯލިހުގެ ސަރުކާރުގައި އޭނާ ހައްޔަރުކޮށް، ހައްޔަރުގައި އިތުރަށް ބެހެއްޓުމަށާއި، ކުށް ސާބިތުކުރުމަށް މައިގަނޑު އަސާސެއްގެ ގޮތުގައި ބޭނުންކުރި ފޯނުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާ ކަމަށާއި، އެއީ ޤާނޫނާ ހިލާފަށް ހޯދާފައިވާ ބާޠިލު ހެކިތަކެއް ކަމަށެވެ.

Ad Image
Ads by

އިސްލާމިކް ސްޓޭޓް (އައި.އެސް)ގެ މެންބަރެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އޭނާ ކަނޑައެޅީ އިޖުރާޢަތްތަކާ ޚިލާފަށް ކަމަށްވެސް އިސްތިޢުނާފުގައި ބަޔާންކޮށްފައިވެއެވެ. ހޫދުގެ މައްޗަށް ސާބިތުވެފައިވަނީ ޓެރަރިސްޓު ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދަޢުވާ އާއި އެފަދަ ޖަމާޢަތަކަށް ތާޢީދުކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން، އެފަދަ ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާއިރު، އިސްތިޢުނާފުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ ފޯނު ފުލުހުން ހުޅުވީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމަށް ބުނާއިރު ރާއްޖޭއިން ބޭރަށް ފޯނު ފޮނުވިކަމުގެ އެއްވެސް ލިޔުމެއް ނެތެވެ. ކަންމިހެން އޮތްއިރު، މައްސަލައިގައި ރިޢާޔަތްކުރެވުނު ފޯނަކީ ހޫދުގެ އަތުން ނެގުނު ފޯނެއްކަން އެނގޭނެ ގޮތެއް ނެތްކަމަށް ހޫދުގެ އިސްތިޢުނާފުގައި ފާހަގަކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260903_201215
އެމެރިކާއިން އީރާނާ ދެކޮޅަށް 'ޓޭންކަރަކަށް-ޓޭންކަރެއް' ސިޔާސަތު އިޢުލާނުކޮށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފި
20260903_231713
އިސްލާމިކް ސްޓޭޓާ ގުޅެން އުޅުނު އިޒްރޭލު އަސްކަރިއްޔާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށް ޓެރަރިޒަމް ދަޢުވާކޮށްފި
20260903_233414
ހޫޘީން 'ރުޖޫމް' ޑްރޯން ބޭނުންކޮށްގެން ސަޢޫދީ ކޯލިޝަނު ސިފައިންގެ މަޤާމުތަކަށް ހަމަލާތަކެއް ދީފި
stelco
ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.