މާލޭ މަގުމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ އިއްޔެ ހަވީރު 17:34 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަށް އަނިޔާވި، ނަމަވެސް ހާލަތު މާބޮޑަށް ސީރިއަސް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ޗާންދަނީމަގާއި މަޖީދީމަގު ކަންމަތީގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލަން މަސައްކަތްކުރި މައްސަލައާ ގުޅޭ pic.twitter.com/hafEDQ7gmD
— Maldives Police (@PoliceMv) August 29, 2026
ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ވެސް ފުލުހުން މިހާރު ވަނީ ހާމަކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާތޮޑާއަވަށް. ހަތި / ގދ. ފަރެސްމާތޮޑާ، ސާއިން ޢަބްދުލްޤައްޔޫމް (23މ) އެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުންވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ސައިކަލު މިހާރު ޓޯވ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.












