ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން މުޙައްމަދު ނަޝީދާއެކު މަސައްކަތްކޮށް، ރާއްޖެއަށް ކޮންމެހެން ގެންނަން ޖެހިފައިވާ ބޮޑު ބަދަލު ގެނެސް ނިންމަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެެއަރޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒު މި މޭރުމުން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވަން ޖެހޭނެ ކަމަށް ބުނެ، އެމްޑީޕީގެ ”ބޮޑު ބަދަލު“ ވަޓްސްއެޕް ގްރޫޕް ތެރޭގައި ވާހަކަދެކެވުމާ ގުޅިގެން، އެ ގްރޫޕުން ފައްޔާޒް ނުކުމެވަޑައިގެންފި ކަމަށް ބުނެ މީޑިއާތަކުން ގެނެސްދެމުން އަންނަ ހަބަރުތަކަށް ރައްދުދެއްވައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސަންއަށް އަޅުގަނޑުގެ ނަންބަރުން އެނގޭނެ އަދި މިފަދަ ކަމެއްގައި ސުވާލު ކުރުމުން ޖަވާބުދޭނެކަން އެނގޭނެ، ގުޅާލެއްވިނަމަ ރަނގަޅުވީސް. މިއީ ހަބަރަކަށް ވާވަރުގެ ކަމަކަށްވާނަމަ މިކަމުގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުން. "ބޮޑު ބަދަލު" ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކުން… https://t.co/r7EGSKisJH
— Fayyaz Ismail (@faya_i) August 29, 2026
ފައްޔާޒު ވިދާޅުވީ، ”ބޮޑު ބަދަލު“ ގެ ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާއެއްހައި ދުވަސް ކުރިން ނުކުމެލިން ކަމަށާއި އެއީ ”ބޮޑު ބަދަލާ“ ގުޅޭ ރަސްމީ ވަޓްސްއެޕް ގްރޫޕެއް ނޫން ކަމަށެވެ. އަދި ކުރަމުން އަންނަ މަސައްކަތް އެއްކޮށް ނިންމާލެވޭނީ ރާއްޖެއަށް ކޮންމެހެން ގެންނަން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހުގައި ކަމަށާއި އެ މަސައްކަތް ކުރައްވާނީ އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މި ފުރުސަތުގައި ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއިދުކުރައްވާ އަދި އުންމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށް ދަންނަވާލަން. މާތްﷲ ގެ އިރާދުފުޅާއެކު އަޅުގަނޑާއި ރައީސް ނަޝީދު އަދި އަޅުގަނޑުމެން ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު،“ – ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު މި މޭރުމުން ވިދާޅުވި ނަމަވެސް، އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ތިއްބެވި އެ ގްރޫޕުގައި ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ފައްޔާޒު ފެޔަށް ޖެހިވަޑައިގަތުމަށްފަހު، ރިޔާސީ ޕްރައިމެރީގައި ނަޝީދު ވާދަކުރެއްވުމަށް ޝަރުތުކޮށްފައެވެ. ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށް ނަޝީދުގެ ނަން ހުށައެޅުމާއެކު މައްސަލަ ހޫނުވެ، ”ބޮޑު ބަދަލު“ ގްރޫޕުން ފައްޔާޒު ވަނީ ވަގުތުން ނުކުމެވަޑައިގެންފައެވެ. އަދި ގްރޫޕުން ނުކުމެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ގްރޫޕުގައި ތިބި މީހުންނަށް ހޫނު ރައްދެއް ވެސް ދެއްވައިފައެވެ.
ގްރޫޕުން ނުކުމެވަޑައިތުމުގެ ކުރިން ފައްޔާޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ، އެ ގްރޫޕް އުފެއްދި ހަގީގީ މަގުސަދު ގެއްލި ޕާޓީ ތެރޭގައި ވެސް ބޭކާރު މައްސަލަތައް އުފެދުމުންދާ ކަމަށެވެ. ހަމައެހެންމެ އެމްޑީޕީއަކީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓާ ޕާޓީއެއް ކަމުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ، ބޮޑު ބަދަލަކީ ގައުމަށް މުހިއްމު މަސައްކަތެއް ކަމަށާއި އެކަމުގައި ގިނަ ބައެއްގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ. ފައްޔާޒު މި މޭރުމުން ވިދާޅުވުން އޭނާ ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ”ބޮޑު ބަދަލާ“ ގުޅޭ ރަސްމީ ވަޓްސްއެޕް ގްރޫޕުންކަން މިހާރު ވަނީ ޔަގީންކުރެވިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު އެންމެ ފުރަތަމަ އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން، ނަޝީދާއެކު ސިޔާސީ ގޮތުން ގުޅިވަޑައިގެން ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމުގެ މަސައްކަތްތައް ފައްޓަވައި، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ފައްޔާޒު ގެންދަވަނީ ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ. އަދި ފައްޔާޒަށް އެކު ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް މީގެ ކުރިން ނަޝީދު ވަނީ ވިދާޅުވެފައެވެ.














ތިއޮތީ ބޮނޑު ބަދަލުގެނެވިފަ ދެންލަލަލާ.