Saturday, 29 August 2026
Ads by

މިފްކޯއިން މިއަދު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 21 ރުފިޔާއަށް!

މިފްކޯއިން މިއަދު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 21 ރުފިޔާއަށް!

ކަޅުބިލަމަހުހގެ މަސްވެރިކަން ކުރަނީ---

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

Ad Image
Ads by

މިފްކޯއިން މަސްވެެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، މިދިޔަ ޖޫން މަހުން ފެށިގެން އެ ކުންފުނިން ކަޅުބިލަމަސް ކިލޯއެއްގެ ގަންނަމުން އައީ 20 ރުފިޔާގެ މަގުންނެވެ. އަދި އޭގެ ކުރިން 18.50 ރުފިޔާގެ މަގުން ކަޅުބިލަމަސް ކިލޯއެއް ގަންނަމުންދިޔައެވެ. މިފްކޯއިން މިއަދު ބޮޑުކަންނެލި ކިލޯއެއް ގަންނަ އަގުތަކަށް ބަލާއިރު، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި 20 ރުފިޔާއަށް، އަދި 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާގެ މަގުންނެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލު ގެނައުމަށް ނިންމީ މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އިންތިހާއަށް ދަށްވެފައިވާތީ، މަސްވެރި އާއިލާތަކަށް ކުރިމަތިވެދާނެ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. މި އަގާއެކު މިފްކޯއިން މަސް ގަންނަ އަގު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގުތަކަށްވުރެ ބޮޑުކޮށްފައެވެ. އެ ކުންފުނިިން މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަމުން ދަނީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ރިއާޔަތްކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

މަސްވެރިން ބާނާ މަސް 16 ރުފިޔާއަށްވުރެ ދަށް ނުކޮށް މަހުގެ އަގު ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއިން ވަނީ މިހާތަނަށް އަމަލުކުރަމުން ގޮސްފައެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކުރުމަކީ މަސްވެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން ސަރުކާރުން އަންނަނީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ގަންނަ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމުގެ އިތުރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދޫކުރުމަށް ސަރުކާރުން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއްދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
masverin
މިފްކޯއިން މިއަދު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 21 ރުފިޔާއަށް!
20260829_111036
ލޭކް އޮންޓޭރިއޯގެ ނަން "ލޭކް އެމެރިކާ" އަށް ބަދަލުކުރުމަށް ޓްރަމްޕް އަމުރުކޮށްފި، ކެނެޑާއިން އެކަން ބަލައިނުގަތް
MTCC_RTL bus2
މިދިޔަ އަހަރު މާލެ ސަރަހައްދުން 8 މިލިއަން ފަސިންޖަރުން ބަހުގެ ހިދުމަތް ހޯދި
MACL VIA
ވީއައިއޭއަށް ޖެއްސި ފްލައިޓެއްގައި އިން މީހަކު، އެހެން މީހެއްގެ ގައިގައި އަތްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!