Saturday, 29 August 2026
Ads by

ނަޝީދުއާއެކު ގެންނާން އުޅުނު ”ބޮޑު ބަދަލު“ ބޮޑު ކޯޅުމަކަށް!

ނަޝީދުއާއެކު ގެންނާން އުޅުނު ”ބޮޑު ބަދަލު“ ބޮޑު ކޯޅުމަކަށް!

ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ) އަދި ފައްޔާޒު އިސްމާޢީލް (ކ)---

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ޖެހޭނެ ކަމަށް ބުނެ، އެމްޑީޕީގެ ”ބޮޑު ބަދަލު“ ވަޓްސް އެޕް ގްރޫޕް ތެރޭގައި ވާހަކަދެކެވުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އެ ގްރޫޕުން ނުކުމެވަޑައިގެންފިއެވެ.

Ad Image
Ads by

މައުލޫމާތު ލިބިފައިވާ ގޮތުގައި, އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ތިއްބެވި އެ ގްރޫޕުގައި ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ފައްޔާޒު ފެޔަށް ޖެހިވަޑައިގަތުމަށްފަހު، ރިޔާސީ ޕްރައިމެރީގައި ނަޝީދު ވާދަކުރެއްވުމަށް ޝަރުތުކޮށްފައެވެ. ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށް ނަޝީދުގެ ނަން ހުށައެޅުމާއެކު މައްސަލަ ހޫނުވެ، ”ބޮޑު ބަދަލު“ ގްރޫޕުން ފައްޔާޒު ވަނީ ވަގުތުން ނުކުމެވަޑައިގެންފައެވެ.

ގްރޫޕުން ނުކުމެވަޑައިތުމުގެ ކުރިން ފައްޔާޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ ގްރޫޕް އުފެއްދި ހަގީގީ މަގުސަދު ގެއްލި ޕާޓީ ތެރޭގައި ވެސް ބޭކާރު މައްސަލަތައް އުފެދުމުންދާ ކަމަށެވެ. ހަމައެހެންމެ އެމްޑީޕީއަކީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓާ ޕާޓީއެއް ކަމުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ، ބޮޑު ބަދަލަކީ ގައުމަށް މުހިއްމު މަސައްކަތެއް ކަމަށާއި އެކަމުގައި ގިނަ ބައެއްގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު އެންމެ ފުރަތަމަ އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން، ނަޝީދާއެކު ސިޔާސީ ގޮތުން ގުޅިވަޑައިގެން ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމުގެ މަސައްކަތްތައް ފައްޓަވައި، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ފައްޔާޒު ގެންދަވަނީ ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ. އަދި ފައްޔާޒަށް ތާއީކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމާ ގުޅޭ ވާހަކަތައް ދެކެވޭތީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހަމައެހެންމެ، ގިނަ ބޭފުޅުންތަކެއް އެއްފަހަރާ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތް ކުރައްވާތީ އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ރިޔާސީ ރޭހުގައި 5 ބޭފުޅަކު ވާދަކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް