Ads by
ކުޅިވަރު
ސްޕޭނުން ޔޫރަޕްގެ ނޭޝަންސް ލީގް ކާމިޔާބުކޮށްފި

ޔޫރަޕްގެ އެކި ގައުމީ ޓީމުތަކުގެ މެދުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ނެޝަންސް ލީގުގެ މިއަހަރުގެ ޗެމްޕިއަންކަން ސްޕޭނުން ކާމިޔާބުކޮށްފިއެވެ.

Ads by Eki Online

ނެދަލެންޑްސްގެ ރޮޓަޑަމްގައި ކުޅެވުނު މި މުބާރާތުގެ ސެމީފައިނަލުން ނޭޝަންސް ލީގްގެ ހަތަރު ވަނަ ޑިވިޝަނުން ކޮލިފައިވީ ސްޕޭނާއި، ކްރޮއޭޝިއާ، އިޓަލީ އަދި ނެދަލެންޑްސްއެވެ. މި ހަތަރު ގައުމުގެ މެދުގައި ބޭއްވުނު ސެމީފައިނަލުން ފައިނަލަށް އައިސްފައިވަނީ ސްޕޭން އަދި ކްރޮއޭޝިއާއެވެ. ކްރޮއޭޝިއާ ކުރިހޯދީ އިޓަލީ ބަލިކުރުމަށްފަހުއެވެ. އަދި ސްޕޭން ކުރިހޯދީ ނެދަލެންޑްސް ބަލިކުރުމަށްފަހުއެެވެ.

ރޭ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުން ސްޕެއިން މޮޅުވީ ކޮރޭޝިޔާއި ވާދަކޮށް ނުވަދިހަ މިނެޓުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމަށް ލަޑެއް ނުޖެހި ވަނިކޮށެވެ. އިތުރު ވަގުތުގެ ކުޅުން ނިމުނު އިރުވެސް ދެ ޓީމަށް ލަޑެއް ނުޖެހުމުން ޕެނަލްޓީ ޖެހިއެވެ. ޕެނަލްޓީ ސްޕެއިން އިން ކާމިޔާބު ކުރީ 4-5 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗްގައި ދެޓީމަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔައިރު މެޗް ވެގެންދިޔައީ ބަލާހިތްވާފަދަ ތަފާތު ރީތި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ދެއްކި މެޗަކަށެވެ.

ރޭގެ މެޗުގައި ސްޕޭންގެ ކީޕަރު ސައިމަން ޕެނަލްޓީގައި މޮޅު ކުޅުމެއް ދައްކައި ކްރޮއޭޝިއާ އިން ޖެހި ދެ ޕެނަލްޓީ ވަނީ ދިފާއުކޮށްފައެވެ. ސްޕޭނުގެ ތަށި ލިބުނު ފަހު ޕެނަލްޓީ ކާމިޔާބްކޮށްދިނީ ރެއާލްގެ ތަރި ކަވާހާލްއެވެ.

މިމުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ނެދަލެންޑްސް ބަލިކޮށް އިޓަލީ އިންނެވެ.

މި މުބާރާތަކީ ޔޫރަޕްގެ ފުޓުބޯޅަ އާ ހަރުފަތަކަށް ގެންދުމުގެ ގޮތުން 2018 ވަނަ އަހަރުން ފަށައިގެން ހަތަރު ޑިވިޒަނަކަށް ބަހާލައިގެން 54 ގައުމު ހިމެނޭހެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަނުން އަންނަ މުބާރާތެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *