Thursday, 8 October 2026
Ads by

ޑޮލަރުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ދެކޮޅުވާން ޔާމީން ގޮވާލައްވައިފި

ޑޮލަރުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ދެކޮޅުވާން ޔާމީން ގޮވާލައްވައިފި

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލަކީ އެ ސިނާއަތަށް އުފުލޭނެވަރުގެ ބުރައެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް ރިސޯޓުތަކުން ތެދުވާންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ފުވައްމުލަކުގައި ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބޮޑު އިންސައްތައެއް މަޖުބޫރުން މާރުކުރުމަކީ ވިޔަފާރިތަކަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މި ފިޔަވަޅަކީ ރިސޯޓު އިންޑަސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތައް ތަރައްގީކުރުމަށާއި ހިންގުމަށް ވިޔަފާރިވެރިން ބޭރުން ނަގާފައިވާ ބޮޑެތި ލޯނުތައް އަދާކުރަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، ލޮޖިސްޓިކް އެކި ބޭނުންތަކަށް ވެސް ބޭރު ފައިސާ ބޭނުންވާކަމަށް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުން ގެނައި މި ބަދަލުގެ ސަބަބުން ރިސޯޓުތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި، މިކަމުގައި ވަކިވަކި ރިސޯޓުތަކުން ކެރިގެން ނުކުމެ މިކަމާ ދެކޮޅުކަން ހާމަކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

”ކޮންމެ ރިސޯޓަކުން އެބަ ޖެހޭ ބުނަން ތިމަންނަމެންނަކަށް މި ކަން ނުކުރެވޭނެއޭ. ހުރިހާ ރިސޯޓްތަކަށް މި ކަމުން ވާނީ ގެއްލުން. ރިސޯޓްތައް ބަންދުކުރިއަސް އެ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭ،“ ޔާމީން ވިދާޅުވި އެވެ.

މި މައްސަލާގައި ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީން އެކަނި މި މަސައްކަތް ކުރުމަށް ދޫކޮށްނުލައި، ހުރިހާ ރިސޯޓުތަކެއް ގުޅިގެން މިކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދުރުދުރުމަގަށް ނުވިސްނައި ސަރުކާރުން އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރިސޯޓުތައް ބަންދުކުރަންޖެހޭ ހާލަތަކަށް ވެސް ގޮސްދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ދަންޑަހިލު
ދަންޑަހިލު
1 މަސް ކުރިން

ރައްޔިތުންގެ މިލްކިއްޔާތުކަންޅަންކޮއްލައިގެން ރައްޔިތުންނަށް ފުރަށްސާރައަޢި މަލާމާތްކުރީމަ ބަލައެއްނުގަންނަން،

Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ