Saturday, 24 October 2026
Ads by

މުޖުތަމަޢު އިޞްލާޙުކުރުމަކީ އެންމެންގެ ޒިންމާއެއް: ހުކުރު ޚުޠުބާ

މުޖުތަމަޢު އިޞްލާޙުކުރުމަކީ އެންމެންގެ ޒިންމާއެއް: ހުކުރު ޚުޠުބާ

މުޖުތަމަޢުގައި އަށަގަންނަމުންދާ ނޭދެވޭ ކަންކަމުން މުޖުތަމަޢު ސަލާމަތްކޮށް އިޞްލާޙުކުރުމަކީ އެންމެހައި ފަރުދުންނާއި ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ“ މި މައުޟޫޢުގެ މައްޗަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހީންނަކީ ޒަމާނުއްސުރެ މާތް اللهގެ ދީން ޤަބޫލުކޮށް، އަމާންކަމާއި އަޚުވަންތަކަމާއެކު ދިރިއުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހަކަށް އައިސް މުޖުތަމަޢަށް އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނަންޖެހިފައިވާ ކަންކަމެވެ.

މިގޮތުން މުޖުތަމަޢުގައި ހިނގާ އެންމެ ނޭދެވޭ އެއް ކަމަކީ މައިންބަފައިންނަށް އުރެދި، މުސްކުޅިވާ ދުވަހު އަޅައިނުލައި ދޫކޮށްލުންކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުން ދަލީލު ދައްކަވަމުން ޚުޠުބާގައި ވިދާޅުވީ، މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ޢުމުރުގައި ބަރަކާތްލައްވައި ސުވަރުގެ ވަނުމަށް އޮތް މަގެއް ކަމަށެވެ. އަދި ހޮސްޕިޓަލުތަކާއި މަރުކަޒުތަކުގައި މައިންބަފައިން އެކަނިވެރިކޮށްފައި ދޫކޮށްނުލުމަށާއި، އެމީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ގޮވާލެއްވިއެވެ.

”ކީރިތި ޤުރްއާނުގައި އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައިވޭ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއް. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެ.“ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މީގެއިތުރުން، މިސްކިތުން ނަމާދުކޮށްގެން ފައިބައިގެން އައިސް ދޮރޯށި ކައިރީގައި ތިބެ ޣީބަބުނުމާއި، ފުރައްސާރަކުރުމާއި، ދޮގުވާހަކަތައް ފެތުރުން ފަދަ މިސްކިތުގެ ޙުރުމަތް ކެނޑޭ ޢަމަލުތައް ހުއްޓާލުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ. އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައި ތެދުވެރިވެ، މަކަރާއި ޙީލަތް ހެދުމުން ދުރުހެލިވުމަށާއި، ޙަލާލު ގޮތުގައި މުދާ ހޯދައި އޭގެ ޒަކާތް ދެއްކުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

”މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީއެވެ. މި ކަންކަމާ މެދު ވިސްނައިލާކަށް ނުވޭހެއްޔެވެ؟ މި ފަދަ ކަންކަންކުރާ މީހުން ޙައްޤުގެ މަގަށް އެނބުރި އަންނާށެވެ! ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާއެވެ“، ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅުމާއި ފިހާރަތައް ހުޅުވައިގެން ވިޔަފާރިކުރުމާއި، އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތްގޮތަށް ހެދުން އެޅުމާއި ނިވާކަން ކުޑަ އިޝްތިހާރުތައް އާންމުކުރުމަކީ މުޖުތަމަޢު ފަސާދަވާން މެދުވެރިވާ ސަބަބުތަކެވެ. އަދި މުޖުތަމަޢު އިޞްލާޙު ކުރެވެން އޮތީ މިފަދަ ކަންކަން ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ.

ޚުޠުބާ ނިންމަވާލައްވަމުން، މުޖުތަމަޢުގައި އެހީތެރިކަމަށް އެދިއެދި ތިބި ޔަތީމު އަދި އަޅާލުން ބޭނުންވާ ކުޑަކުދިންނަށާއި، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ އިތުރުން ލޭ އަޅާ ކުދިންނަށް އޯގާތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މަތިވެރި އަޅުކަމެއްކަން ހަނދާންކޮށްދީ، އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް މުޅި މުޖުތަމަޢަށް އިލްތިމާސްކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި