ށ. ފުނަދޫގައި ސިހުރު ހެދި މީހާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ.

Ads by MN Maldives
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު އެވެ.
ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ޖަހައިދިން 15 ދުވަހުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ފުނަަދޫ ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިދީފައެވެ.
މަންޑޭއަށް ސިހުރު ހެދި ކަމަށް ބުނެ ފުނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މުޒާހަރާވެސް ކުރިއެވެ. އަދި އެ މައްސަލައިގައި ކޯޓް ދޮށުގައި ކުރި މުޒާހަރާ ހޫނުވެ އެސްއޯ ފުލުހުން ވަނީ ޕެޕަސްޕްރޭ ވެސް ބޭނުންކޮށްފައެވެ.