Wednesday, 9 September 2026
Ads by

ޖަރުމަނުގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާސްޕޯޓް ބުކްލެޓް ލިބުމުގައި ދަތި ތަކެއް!

ޖަރުމަނުގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާސްޕޯޓް ބުކްލެޓް ލިބުމުގައި ދަތި ތަކެއް!

ރާއްޖޭގެ ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމުގެ ގޮތުން، ދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

Ad Image
Ads by

މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުތައް ގެންނަން ނިންމީ އޮގަސްޓް 28 ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން ގެނެވުނު މައިގަނޑު އެއް ބަދަލަކީ، ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަކަށް އެދޭ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދިނުމެވެ. މީގެއިތުރުން، އަލަށް ޕާސްޕޯޓް ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ކުރު މުއްދަތަކަށް ދަތުރުކުރާ ޤައުމުތަކަށް ފުރާ ފަރާތްތަކަށް 1 އަހަރުގެ މުއްދަތު ހިމެނޭ ”އިމަޖެންސީ ޕާސްޕޯޓް“ ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، 8 ސަފްހާގެ މައްޗަށް އެކުލެވޭ މި އިމަޖެންސީ ޕާސްޕޯޓަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ މެޝިން ރީޑަބަލް ޕާސްޕޯޓެއް ކަމަށެވެ. އަދި ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުމާއި، އިމަޖެންސީ ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް ރައްޔިތުންނަށް ފޯރުކޮށްދޭނީ އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މި ފިޔަވަޅުތައް އަޅަންޖެހުނު ސަބަބު ބަޔާންކުރަމުން އިމިގްރޭޝަނުން ބުނީ، 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދެމުން އަންނަ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ. އެ މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، ލަފާކުރި ތާރީޚަށް ރާއްޖެއަށް ބުކްލެޓްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމުން ސްޓޮކް ދެމެހެއްޓުމަށްޓަކައި މި ނިންމުން ނިންމަން ޖެހުނީ ކަމަށެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ޕާސްޕޯޓް ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާ އެ ކުންފުންޏާއެކު ދިމާވި މި ދަތި ހާލަތުގައިވެސް، ދިވެހި އެއްވެސް ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އަރުވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި