Saturday, 24 October 2026
Ads by

މިއަހަރުގެ މިހާތަނަށް ރަހީނުކުރުމުގެ 27 މައްސަލަ އަދި ވައްކަމުގެ 2952 މައްސަލަ ހުށައަޅާފައިވޭ: ފުލުހުން

މިއަހަރުގެ މިހާތަނަށް ރަހީނުކުރުމުގެ 27 މައްސަލަ އަދި ވައްކަމުގެ 2952 މައްސަލަ ހުށައަޅާފައިވޭ: ފުލުހުން

މިއަހަރުގެ މިހާތަނަށް ރަހީނުކުރުމުގެ 27 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

Ad Image
Ads by

ދިވެހި ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރަހީނު ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާޗް މަހު ކަމަށާއި އެއީ 10 މައްސަލަ ކަމަށެވެ. އޭގެ އިތުރުން ޖެނުއަރީ މަހު ރަހީނުކުރުމުގެ 3 މައްސަލަ، ފެބްރުއަރީ މަހު 6 މައްސަލަ، އޭޕްރީލް މަހު 7 މައްސަލަ އަދި މި މަހު އެފަދަ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ޖެނުއަރީ މަހު 668 މައްސަލަ، ފެބުރުއަރީ މަހު 607 މައްސަލަ، މާޗު މަހު 701 މައްސަލަ، އޭޕްރީލް މަހު 620 މައްސަލައިގެ އިތުރުން މެއި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް 356 މައްސަލަ ވައްކަން ކޮށްގެން ހުށަހަޅާފައި ވެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2952 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ޑްރަގުގެ 1552 މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު ފޭރުމުގެ 328 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.

ރާއްޖޭގައި ރަހީނު ކުރުމުގެ މައްސަލަތައްވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ. ފުލުހުން ވަނީ ގޮތް ނޭނގޭ މީހުން އެދިގެން ތަންތަނަށް ނުދިއުމަށާއި ކާކުކަން ނޭނގޭ މީހުންނާއި ވަކިން ބައްދަލު ނުކުރުމަށް އިލްތިމާސްވެސް ކޮށްފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި