Tuesday, 1 September 2026
Ads by

ތިނަދޫ އާބާދީ އޮޅުވާލި މައްސަލަ: ތަހުޤީޤު ނިންމައި ތިނަދޫ ސިޓީގެ މޭޔަރު ސައުދުއަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ތިނަދޫ އާބާދީ އޮޅުވާލި މައްސަލަ: ތަހުޤީޤު ނިންމައި ތިނަދޫ ސިޓީގެ މޭޔަރު ސައުދުއަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އެ ރަށުގެ ރަޖިސްޓްރީގައިވާ އާބާދީގެ އަދަދުތަކަށް ބަދަލު ގެނެސް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުޤީޤު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

Ad Image
Ads by

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލަ ތަހުޤީޤުކޮށް ނިންމުމަށްފަހު، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ނަމަވެސް، މި މައްސަލައިގައި ދައުވާކުރަން އެދިފައިވަނީ ކޮން ބައެއްގެ މައްޗަށް ކަމެއް އަދި އެއީ ކޮން ބާވަތެއްގެ ކުށެއްގެ ދައުވާއެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލައިގެ ތަހުޤީޤަށް މި ހިނގާ މަހުގެ 10 ވަނަ ދުވަހު ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ތިނަދޫގެ އާބާދީ އޮޅުވާލާފައިވާ ކަމަށް ބުނެ މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީއެވެ. އޭނާ ވަނީ 2024 ވަނަ އަހަރު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ރަސްމީކޮށް ހުށަހަޅުއްވާފައެވެ. މެންބަރު ސައުދުالله ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ދައްކާފައިވަނީ ލިޔެކިޔުންތަކަށް ބަދަލު ގެނެސް އޮޅުވާލައިގެންނެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ އޭރުގެ ކައުންސިލަރުންނަށް މޭޔަރުކަމުގެ މަޤާމާއި ލަޤަބު ހޯދުމަށާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވެނީ އެ ރަށެއްގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 (ދިހަހާސް) އަށް ވުރެ މަތިވުމުންނެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވައި އެކަން އިޢުލާނުކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން، އެ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ރައީސް ޞާލިޙުގެ ވެރިކަމުގައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ވެސް ވަނީ އެ ނިންމެވުމަށް ބަދަލެއް ނުގެނެސް ދަމަހައްޓަން ނިންމަވާފައެވެ.

މި މައްސަލައާ ގުޅިގެން މީގެކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަހުޤީޤެއް ހިންގާފައެވެ. އެގޮތުން އޭސީސީގެ ޓީމަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެ، އެ ތަން ފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއް މުހިންމު ލިޔެކިޔުންތައް ވެސް ވަނީ ތަހުޤީޤުގެ ބޭނުމަށް ގެންގޮސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
shiyam
މިހާތަނަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކުރެވިފައި: ޝިޔާމް
IMG_8450
ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި އެޗްޑީސީން މުހިންމު މަޝްވަރާތަކެއް ކޮށްފި
Screenshot 2026-09-01 at 14.26
ރާއްޖޭގެ ޑޮލަރުގެ މައްސަލަ ހައްލުކުރުމާއި އިޤްތިޞާދީ ކުރިއެރުމުގައި ދިވެހި ފައިސާގެ ދައުރު
thinadhoo hospital
ތިނަދޫ ސިޓީ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް