Wednesday, 2 September 2026
Ads by

ގައުމީ ތަރައްގީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: މެޑަމް ސާޖިދާ

ގައުމީ ތަރައްގީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ގައުމެއް ބިނާކޮށް ތަރައްގީކުރުމުގައި އަންހެނުންގެ ގާބިލުކަން އިތުރުކުރުމަކީ ތަރައްގީގެ ބިންގަލަށްވުމުގެ އިތުރުން އެއީ އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލު ކަމަށާއި، ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެކަމަނާ މި މޭރުމުން ވިދާޅުވީ، ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، އަންހެނުންނަކީ ގައުމުގެ އިޖުތިމާއީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ގައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުސަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އިސްލާމްދީން ވަނީ އަންހެނުންނާ ފިރިހެނުންގެ މެދުގައި އަދުލު ގާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީޚު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން މެޑަމް ސާޖިދާ ވަނީ، ރާއްޖޭގެ ތާރީހަށް ބަލާއިރު، ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުގެ ބައެއް މިސާލުތައް ހިއްސާކުރައްވައިފައެވެ.

އިސްލާމީ ތާރީހު އަންހެނުންނަށް ގޮވާލަނީ، އުންމަތް ބާރުވެރިކުރުވައި، މުޖުތަމައު ގަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ހުލްގު ހެޔޮ ބަޔަކަށްވުމަށްކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވަނީ، ދިވެހި އަންހެނުންގެ ވިލުންތެރިކަން، އަދި ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ޤައުމަށް ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ. އަދި، ދިވެހިންގެ މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ ގޮތުންނާއި އަމަލީ ގޮތުން ވިލުންތެރި އެތައް އަންހެނުންނެއް ބިނާވެގެންދާ މި ފުރުސަތަކީ ވަރަށް ތާރީހީ ފުރުސަތެއް ކަމުގައި ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމުން ދަސްވެނިވި 8 ބެޗުގެ 170 އަށްވުރެ ގިނަ ދަސްވެނީންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވާ، އެ ބޭފުޅުންނާއެކު ހަނދާނީ ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި ހުށައެޅުމެއް ހުށައަޅައިދިން މުޙައްމަދު ޤާސިމް ޕްރީސްކޫލް ބޭންޑުގެ ދަރިވަރުންނާ އެކުގައި ވެސް އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައެވެ.

”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، އަންހެނުންނަކީ ކޮންމެ ކަމެއްގައި ވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
b_k4WrvFwnmjRKv5a37brOyCKia
ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ފިރިހެންމީހާ އަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި
Police_Shaheedh hussain building_Jumhoory maidhaan_Flag_bodu dhidha
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
madam sajdha
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އާއިލާއަކަށް ލިބޭނެ އަގުނުކުރެވޭ ފަދަ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
471426_09a4042a-c_
ނޯވޭގެ އާ ރަސްގެފާނަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް